ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ، އެހެން ޕާޓީއެއް އުފައްދަވަނީ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަދައިެގން ސިޔާސީ އައު ޕާޓީއެއް ހައްދަވަން ނިންމަވައިފިއެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ޔާމިނަށް ބޭވަފާތެރި ވެއްޖެ ކަމަށެވެ.

އެހެންވެ، މިހާރު ނިންމަވާފައިވަނީ ސިޔާސީ އައު ޕާޓީއެއް އުފެއްދެވުމަށް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމިންގެ ފިކުރުގައި ތިއްބެވި އެތައް ބަޔަކު ރައީސް ޔާމިން ނިސްބަތްވާ ޕާޓީއަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކޮށްދޭން ބޭނުންވާ ކަމުގައެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިންގެ ފަހަތްޕުޅުގައި އެރު ތިއްވީ މުޅިން އެހެން ބޭނުމެއްގައި ކަމުގައި ކަމެވެ. އަދި ވިދާޅުވީ އެ ބޭނުން ފުދުމުން އެބޭފުޅުން ރައީސް ޔާމިންގެ މަޝްވަރާއެއްވެސް ބޭނުން ނުވި ކަމުގައެވެ.

ރައީސް ޔާމިނަށް އިންސާފު ހޯދައިދިނުމަށް ޕީޕީއެމްގެ ލީޑަރޝިޕްގައި ތިބި ބޭފުޅުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވާތަން ފެންނަމުން ނުދާކަން ފަހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.