ކީރިތި ރަސޫލާއަށްކުރާ ފުރައްސާރައާ ދެކޮޅު ހެދުމުގެގޮތުން ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ބާއްވަނީ

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފައިލް ފޮޓޯ

ކީރިތި ރަސޫލާއަށްކުރާ ފުރައްސާރައާ ދެކޮޅު ހެދުމުގެގޮތުން ޕީޕީއެމް އިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ކޯލިޝަންގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާތް ރަސޫލާގެ ދިފާއުގައި ބާއްވާ ޚާއްސަ ބޮޑު ޖަލްސާ އޮންނާނީ މި ޖޫން މަހުގެ 16 ވާ ބުރާސަފަތި ދުވަހުގެ ރޭ 08:30 ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ނަބިއްޔާއަށް ފުރައްސާރަ ކުރުން ފަދަ ކަންކަމަކީ ލުއިކޮށް ނެގޭނެ ކަންކަމެއް ނޫން ކަމަށާއި މިކަން ފަސޭހައިން ދޫކޮށްނުލާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި ޕީޕީއެމްއަކީ އަބަދު ވެސް އިސްލާމީން ދީނުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޕާޓީކަމަށް ވެސް ވިދާޅުވިއެވެ.

ރަސޫލާއަށް ކުރި ފުރައްސާރައާ ދެކޮޅަށް ރަސޫލާގެ ދިފާއުގައި "މަގޭ ނަބިއްޔާ"ގެ ނަމުގައި ދިވެހި ގިނަ ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ވަނީ ސައިކަލު ބުރެއް ވެސް ބާއްވާފައެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕަރސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާރޖް ނަވީން ކުމާރެވެ.

އެމީހުން ދެއްކި ވާހަކަތައް ހޫނުވެ، އިސްލާމީ ގައުމުތަކުގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.