އަމާޒަށް ވާސިލް ވުމަށް ރައްޔިތުން ތިބީ ޑރ. މުއިއްޒަށް ވޯޓު ދޭން ކެތް މަދުވެފަ: ޝިޔާމް

ރައްޔިތުން އެދޭ އަމާޒަށް ވާސިލް ވުމަށް ރައްޔިތުން ތިބީ ޑރ. މުއިއްޒަށް ވޯޓު ދޭން ކެތް މަދުވެފައި ކަަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މާލޭ ރައްޔިތުންގެ ފަރާތުން ލިބެނީ ވަރަށް އުންމީދީ މެސެޖުތަކެއް ކަމަށާއި ރައްޔިތުން ތިބީ ޑރ. މުއިއްޒު ހުށަހަޅުއްވާފައިވާ ކަންކަން ހަގީގަތަކަށް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއިއެކުގައި ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގައި ހުރިހައި ކެންޑިޑޭޓުން ވެސް އަވަދިނެތި އުޅުއްވާއިރު،  ޑރ. މުއިއްޒުގެ ފަރާތްޕުޅުން ގެންދަވަނީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.

މާލޭގެ ރައްޔިތުންނަކީ މިއިންތިޚާބުގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާ މީހުންނެވެ. މާލޭގައި ވޯޓު ލެވޭ 54،000 އަށްވުރެ ގިނަ މީހުން ތިބިއިރު، މާލޭގެ ރައްޔިތުންގެ ވޯޓު ކަށަވަރު ކުރުމަށް ޑރ.މުއިއްޒުގެ ފަރާތްޕުޅުން ގެންދަވަނީ ގޭގެއަށް ވަޑައިގެން ރައްޔިތުންނާއި ގާތުން ބައްދަލު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.