ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުމެއް މުއިއްޒު ނުގެންގުޅުއްވާ

ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުމެއް މުއިއްޒު ނުގެންގުޅުއްވާ ކަމަށް އާ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ "ޑިމޮކްރެޓްސްއާއެކު އެއްބަސްވުމެއް ނެތް، ނަމަވެސް ސަރުކާރުން ޖާގަ ލިބޭނެ" ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ރާއްޖޭގެ ނޫހެއްގައި ޖަހާފައިވާ ޚަބަރަކާ ގުޅިގެންނެވެ.

އެކަން ދޮގުކުރައްވައި ޓްވިޓާރ ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެ ޕޯސްޓަކީ ޚަބަރުގެ ސުރުހީގެ ސަބަބުން އޮޅުން އަރާފާނެތީ ކުރެއްވި ޕޯސްޓެއް ކަމަށެވެ.

އިންތިހާބީ ރައީސްގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވީ ޝާމިލު ސަރުކާރެއް އެކުލަވާލައްވާނެ ވާހަކައަށް ކަމަށާއި ވަކި ޕާޓީއަކަށް ވީތީ ގާބިލު ފަރާތްތައް ދުރުކުރުމުގެ ވިސްނުން އެމަނިކުފާނު ނުގެންގުޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާ ނަމަ، ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް، އެފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއީ ސިދާ ވަކި ސިޔާސީ ޕާޓީއެއް ސަރުކާރުގައި ހިމަނުއްވާނެކަމަށް ވިދާޅުވި ވިދާޅުވުމެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

1 ޚިޔާލު

  1. އެހެންވެއްޖެ ނަމަ ސިޔާސީ މަގާމް ތަކުގަ ތިބި ގާބިލް ފަރާތް ތަށް ވެސް މަގާމުން ދުރު ނުކުރާނެތާ . ޖެންޑަރ މިނިސްޓްރީ ހަމަޔަކަށް އެޅުވި ފަރާތްތަށް ތިބީތީ .

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.