ވޯޓު ގުނަން ފަށައިފި

މިއަދު ހެނދުނު 8 ޖެހިއިރު ފެށި ރިޔާސީ އިންތހާބުގެ ވޯޓު ގުނަން ފަށައިފިއެވެ.

ވޯޓުލުން ބަްނދުކޮށްފައިވަނީ ހަވީރު 4 ޖެހިއިރުއެވެ. ނަމަވެސް އެ ވަގުތު ހަމަވިެިރު ކިޔޫގައި ތިބި ފަރާތްތަކަށް ވަނީ ވޯޓުުލުމަށް ފުރުސަތު ދީފައެވެ.

މީގެކުރީގެ އިލެކްޝަންތަކުގައި ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަހަރު ނިންމާފައިވަނީ ވަގުތު އިތުރުނުކުރުމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ވެސް ހިމެނެއެވެ.

ޤާނޫނަށް ގެނެވުނު އިސްލާޙާއި އެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި  574 ވޯޓު ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓުފޮށި ބަހައްޓާފައިވަނީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ހަވީރު 4:00 ޖެހިއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވަނީ ބައެއް ވޯޓު ފޮށިތައް ގުނަންވެސް ފަށާފައެވެ. އަދި ބައެއް ފޮށިތަކުގެ ނަތީޖާވެސް ވަނީ މިހާރު އިއުލާންކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.