ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން އެޗްޕީއޭ އިން ދެއްވައިފި

ކޯވިޑާ-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންނާއި އައިސޮލޭޝަންގައި ތިބޭ މީހުންނަށް ވޯޓް ލެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަޤީންކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަންސް(އީސީ) ގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިޔަޤީންކަން އެޗްޕީއޭ އިން އިލެކްޝަންސް ކޮމިޝަނަށް ދެއްވީ ކޯވިޑް 19ގެ ހާލަތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ މަސައްކަތް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވީ އެކަމަކީ ކުރިއަށް އޮތް އިންތިހާބާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއްމައްސަލަ ކަމަށެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި ކެމްޕޭނު ކުމުގެ ފުރުސަތު ވެސް ކެންޑިޑޭޓުންނަށް ދެއްވާނެކަމުގެ ޔަގީންކަން އެޗްޕީއޭއިން ދެއްވިކަމަށް ޝަރީފު ވިދާޅުވިއެވެ.

ނަމަވެސް އިންތިހާބު ބޭއްވުމަށް އެޗްޕީއޭ އިން ލިބެންޖެހޭ ހުއްދަ ދެއްވާނީ ޓެކްނިކަލް ޓީމުގެ މަޝްވަރާއަށް ފަހު ކަމަށް މިއަދުގެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ޝަރީފު ވިދާޅުވިއެވެ. އިންތިޚާބުކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭގެ ލަފަޔާއެކު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލުމާ ގުޅޭ ގޮތުން ވެސް މިއަދު ގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑާ ގުޅިގެން ރައްޔިތުންގެ މަޖީލީހުން އެކުލަވާލީ ހާއްސަ ސަންސެޓް ގާނޫނަކުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.