ފޯޖް ކޮށްފައިވާ 1892 ފޯމު ހުށަހެޅި ފަރާތްތަކާއި މެދު ދައުވާކުރާނަން: އީސީގެ ރައީސް

ރިޔާސީ އިންޠިޚާބުގައި ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ފޯޖްކޮށްފައިވާ ފޯމްތައް ހުށަހެޅި ފަރާތްތަކާ މެދު ދައުވާ ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. ވޯޓަރސް ލިސްޓާ ބެހޭ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރުމަށް މިއަދު ހަވިރު ބޭއްވި ނޫސް ކޮންފަރެންސްގަިއ ވާހަކަ ދައްކަވަމުން ޝަރީފް ވިދަޅުވީ ފޯމުގެ ވެރިފަރަތަ ނޫންކަން ކަށަވަރުވާ 1892 ފޯމު ލިބިފައިވާ ކަމަށެވެ. ފޯމު ހުށަހެޅި ފަރާތްތަކާއި ފިންގަރ ޕްރިންޓް ޖެހިފަރާތްތައް ކުރިއަށް އޮތް ހަފްތަ ތެެރޭގައި ފުލުހަށް ފޮނުއްވާނެ ކަމަށް ޝާރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވިގޮތުގައި ރީ-ރަޖިސްޓްޜޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 70 އިންސައްތަ ފޯމު ފުލުހަށް ހުށަހެޅިއެވެ. މި 70 އިންސައްތަ ފޯމު ނަގާފައިވަނީ ރެންޑަމް ކޮށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ފުލުހުންނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 3590 ފޯމެއްގައި ފިންގަރޕްރިންޓް ގެ މައްސަލަ އުޅޭ ކަމަށް ފުލހުން ފާހަގަ ކުރެއްވި ކަމަށާއި ނަަމަވެސް އެ ފޯމި ތަކުގެ ތެރެއިން އިލެކްޝަންސް އަށް އަމިއްލަ އަށް ފޯމު ހުށަހެޅި ފަރާތަތަކުގެ ފޯމުތަަކަކީ ޞައްހަ ފޯމުތަކުގެ ގޮތުގައި ބަލައިގެންފަިއވާ ކަމަށެވެ.

މައުލޫމާތު ފޯޖްކުރި ފަރާްތަކުގެ މައުލޫމާތު މިއަދުގެ ޕްރެސްކޮންފަރެންސްގައި ހާމަނުކުރެއްވީ ކީއްވޭތޯ މީޑިއާ އިން ކުރި ސުވާލަސް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ތަހުގީގް މަރްހަލާ ކުރިއަށް ގޮސް މުޅު ޕްރޮސެސް ނިމުމުން އެމައުލޫމާތު ހަމަކުރައްވާނެކަމަށެވެ. 

ފޯމުތައް މިގޮތަށް ހުށަހަޅާފައިވަނީ އޮޅުވާލުމަށާއި ލަސްކުރުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ އިލެކްޝަންސް އަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ފިންގަރ ޕްރިންޓް ނުޖަހާ ފޯމުތައްވެސް ބަލައިގަނެވުނު ކަމަށެވެ.  

އިލެކްޝަންސް އިން ވޯޓުއޮޅުވާލުމަށް މަސައްކަތް ކުރައްވާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެމުން އީސީގެ ރައީސް ވިދާޅުވި ވޯޓު އޮޅުވާލުމަށް ނުވަތަ ވޯޓަރސް ލިސްޓު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެފަދަ މަސައްކަތެއް ކުރިއްޔާ ކުރީ ފޯމު ހުށަހެޅި ފަރާތުން ކަމަށެވެ. އަދި އިލެކްޝަންސް އިން ވޯޓު އޮޅުވާލުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމގުެ ޔަގީންކަންވެސް މީޑިއާއަށް އެރުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.