ދޭއް ޖެހުމާ ހަމައަށް 58 ޕަސެންޓް މީހުން ވޯޓުލައިފި

ފޮޓޯ: މިހާރު

ރިޔާސީ އިންތިހާބުގައި މިއަދު މެންދުރު 2 ޖެހުމާއި ހަމައަށް 58 ޕަސެންޓް މީހުން ވޯޓުލައިފިއެވެ.

އެކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

މި އިންތިހާބުގައި މާލޭގައި ފޯރި ކުޑަކަމަށް ފެންނައިރު، ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިޔޫތަކެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައިވަނީ ހަވީރު 4 ޖަހާއިރު، ވޯޓުލުން ބަންދުވާނެ ކަމަށާއި ވަގުތު އުތުރު ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް 4 ޖަހާއިރު، ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމަށް ފުރުސަތު ދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އީސީގެ ތަފާސް ހިސާބަށް ބަލާއިރު،82،798 ފިރިހެނުންނާއި، 82،183 އަންހެނުންނާއެކު ޖުމްލަ 164981 މީހުން ވަނީ ވޯޓުލާފައެވެ. އަދި މެންދުރު 2 ޖެހުމާއަށް ވޯޓުލާފައިނުވާ މީހުންގެ ނިސްބަތަކީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން 41.58 އިންސައްތައެވެ. އެއީ 117،414 މީހުންނެވެ.

މިހާތަނަށް ވޯޓުލުން ނިމިފައިވަނީ 574 ވޯޓު ފޮށީގެ ތެރެއިން 1 ވޯޓު ފޮށީގެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. މިއިންތިޚާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.