ގައްދޫގައި ހޮސްޕިޓަލް އެޅުމަށް ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހަދައިދޭނަން: މުއިއްޒު

ގދ. ގައްދޫގައި ހޮސްޕިޓަލް އެޅުމަށް ރައްޔިތުން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ގދ.ގައްދުއަށް ވަޑައިގެން، ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެެ.

އޭނާ ވިދާޅުވީ މާވާރުލު އެއަރޕޯޓް އަސާސީ ލެވެލްގެ ގިނަ ކަންކަން އަދިވެސް ފުރިހަމަ ނުވެހުރި ކަމަށާއި، އޭނާގެ ވެރިކަމެއްގައި އެއަރޕޯޓް ފުރިހަމަ ކޮއްދެއްވާނެކަމަށެވެ. އަދި މުޢިއްޒު ވަނީ ގައްދުއާއި އެސަރަހައްދުގެ ޓޫރިޒަމް ފުޅަކުރެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

މީގެ އިތުރުން ގައްދޫގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ހަމަމިއާއެކު އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނުއްސުރެ ގައްދޫގެ ބައެއްގެ ގޮތުގައި އޮންނަ ގދ.ގަމަކީ ގައްދޫ ރައްޔިތުންގެ ތަނެއް ގޮތުގައި ހަދައި ދޭނެ ކަމުގައި ވިދާޅުވެފައެވެ. މިއާއެކު ގަން ވެގެންދާނީ ގައްދޫގެ ރައްޔިތުންގެ އިޤްތިޞާދީ، ފުދުންތެރި އަދި ޒުވާނުންގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރާ ހުރިހާ އުންމީދެއް ހާސިލްކުރެވޭނެ ތަނަކަށްކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.