ޔާމިނަށް އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ނަޝީދު

ޖޭއެސްސީގެ ތެރެއިން ޔާމިނަށް އަނިޔާ ދިނުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނކިފާނު މިހެން ވިދާޅުވި ކަަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ މިން ދެވަނަފަހަރަށް ޖަލަށްލިތާ 1،000 ދުވަސް ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި ބޭއްވި ސައިކަލް ބުރުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމިން ގަބޫލު ކުރައްވަނީ، ޔާމިނަށް އަނިޔާ ދިނުމުގައި ރައީސް ސާލިހުއާއި ރައީސް ނަޝީދު އެއްވަރު ކަމުގައި ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމްރާނު ވެސް ހަމަ އެއްވަރަކަށް ބައިވެރިވާކަމަށް ވެސް ޔާމިން ގަބޫލު ކުރައްވާ ކަމުގައި ޖަމީލު ވިދާޅުވިއެވެ.

ގދ. ގައްދޫގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމަށް މަސައްކަތް ކުރެވޭނަމަ ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށާއި މި ފަސް އަހަރު އެކީ ޖަލުގައި އެ ހުންނެވީ މިއަދު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި އެތައް ބޭފުޅުންނެއް އެގޮތަށް އެކަން އޮތުމަށް އެދިވަޑައިގެން ތިއްބެވީތީ ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުން އެމަނިކުފާނާ [ނަޝީދާ] ބައިވެރިވާން ނިންމާތާ ހަފްތާއެއްގެ ތެރޭގައި ޔާމީން ގެއަށް ގެނެސް ދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.