ސަރުކާރުން އިހުމާލުވާ ކަންކަމުގެ ވާހަކަ ޕީޕީއެމުން އަބަދު ވެސް ދައްކާނެ : ރައިސް ޔާމީން

ސަރުކާރުން އިހުމާލުވާ ކަންކަމުގެ ވާހަކަ ޕީޕީއެމުން އަބަދު ވެސް ދައްކާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވަށަފަރަށް އިއްޔެ ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރަނގަޅު މާނައިގައި ގާނޫނުގައި ލިޔެފައި ހުންނަ ބައެއް މާއްދާތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ސަރުކާރުން އެފަދަ ޒަރޫރީ ހައްގުތަކަށް ހުރަސް އަޅަމުންދާ ކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

މިގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީ ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދިނުމުގެ ހައްގު ދޭން ޖެހޭނެ ކަމަށާއި ހެޔޮ ގޮތް އިޚްތިޔާރު ކުރަން ރައްޔިތުންނަށް އެނގޭނީ އޭރުން ކަމަށް ރައިސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ބޭނުން މިންވަރަކަށް ބޭނުން ވައްތަރެއްގެ ވާހަކައެއް ދެއްކުމުގެ ފުރުސަތު އޭރުގެ އިދިކޮޅު ފަރާތްތަކަށް ދެއްވި ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.