އުމުރުން ދުވަސްވީ މީހަކު ވިިލިމާލެއިން ގެއްލިގެން ހޯދަނީ

އުމުރުން ދުވަސްވީ މީހަކު ވިިލިމާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން 53 އަހަރުގެ މ. އާޒާދީގުލްޝަން / އާޠިފާ ޢަބްދުﷲ ކަމަށެވެ.

އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް އަންގާފައިވަނީ މިއަދު 10:25 އެހައިކަންހާއިރު ކަމަށާއި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ ވިލިމާލޭގައި އޭނާ ދިރިއުޅޭ ގެއިން، ޖޫން 30 ވަނަ ދުވަހުގެ 22:45 އެހައިކަންހާއިރުކަމަށާއި އޭރު ލައިގެންހުރީ ފެހިކުލައިގެ ހެދުމެއްކަމަށް ޢާއިލާ އިން މައުލޫމާތު ދޭ ކަަމށެވެ. އަދި އަޅައިގެންހުރީ ފިޔާތޮށި ކުލައިގެ ޝޯލެއް ކަމަށް ވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އާޠިފާ ޢަބްދުﷲ ގެ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.