އަނާ - 26

(16 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިހާރު އަޅުގަނޑު ބޭނުންވަނީ އެނބުރި ދިޔުމަށް"

"ކޮންތާކަށްތޯ؟"

"އަޅުގަނޑުގެ ފިރިމީހާ ކައިރިއަށް. މިގޮތަށް އަޅުގަނޑު ނިންމީ ޚާންއާޞިފްގެ ފުރާނަ މިހާރުވަނީ ކަލާގެ މުށުގެ ތެރޭގައޭ ކަލާ ބުނުއްވާފައިވާތީ... އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ އޭނާ މިހާރު ހުންނާނީ މިވ ިޔަފާރި އަޅުގަނޑުމެންނާ އެކުގައި ކުރަން ތައްޔާރަށްކަމަށް. އަދި އޭރުން އަޅުގަނޑަށް އަޅުގަނޑުގެ މަންޒިލްވެސް ލިބޭނެކަމަށް. ކަލާގެ ޚިޔާލަކީ ކޮބައިތޯ؟"

"ކަލާގެ ތިޔަ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަލާ ދުރުވުމުގެ ކުރިން އަޅުގަނޑުވެސް މީނީ ތިޔަކަމާމެދު ވިސްނަން. އަދި އަޅުގަނޑު ހިތަށް މިއަރަނީ  ދެން ކަލާއާ ބައްދަލުވާނީ ކޮންއިރަކުންބާވައޭ؟"

"މާދަން..ކިހިނެއްތޯ؟ ރަނގަޅުތީ؟"

"ރަނގަޅު. ކަލާ އެ ގެއަށް ގެންދަން ޚުދް އަޅުގަނޑު އަންނާނަން"

"އަޅުގަނޑު އެދެނީވެސް ތިޔަގޮތް. އަދި އަޅުގަނޑު އަންނާނެކަން ކުރީން ޚާންއާޞިފަށްވެސް އަންގައިދޭން ބޭނުން."

"އަދި ކަލާއަށް މަރުހަބާކިޔަން ވާނެކަންވެސް ...ދޮގެއްތޯ؟"

"މަލާމަތް ކުރައްވަނީތޯ؟"

"އަޅުގަނޑުގެ މުރާދަކީ ކަލާއާ ބައްދަލުކުރަން ޚާންއާޞިފް ވިސްނައިގެން ހުރުމަށް އިޝާރާތްކުރުން...އަނާ...ކަލާ ކަންތައްތައް ނިންމެވުމުގައި މާ އަވަސްވެލައްވާގޮތް ނުގެންގުޅުއްވުން އެދެން..."

"ކަލާ އަޅުގަނޑުގެ ޕްރޮގްރާމްއާ އެއްބަސްވެ ލައްވާނަމަ އަޅުގަނޑު ހަމަ މިހާރު އެ ޕްރޮގްރާމް ހިންގުމުގެ ތައްޔާރުތައް މި ފައްޓަނީ"

"ލައްބަ.... ކީއްވެތޯ ނުފައްޓަވަންވީ. ކަލާގެ ވާހަކަޔަށް ތިޔަށްވުރެ ވަކިރަނގަޅު ނިންމުމެއް ނު ހޯއްދެވޭނެކަން އަޅުގަނޑުވެސް ޤަބޫލުކުރަން. އަޅުގަނޑުގެ ވެސް އެދުމަކީ ކަލާއަށް ކަލާގެ މަންޒިލް ލިބިލެއްވުން."

"ޝުކުރިއްޔާ. ރަހްމަތްތެރިޔާ! އަޅުގަނޑުގެ މުޅި ދިރިއުޅުމުގައިވެސް ކަލާގެ މަތިން ހަނދާން ނައްތައެއްނުލެވޭނެ." އަނާ ލޮލުތެރެއިން ޝުކުރުވެރިވުމުގެ ކަރުނަތައް ފާއްދާލިއެވެ.

ކުޑައިރުކޮޅަކަށްފަހު ދެ މީހުން ތެދުވެގެން ހޮޓެލުން ބޭރަށް ނުކުމެއްޖެއެވެ. އެވަގުތު އަނާ ބުންޏެވެ.

ދެން މިތަނަށް ދުރުވެފައި އެހާގިނަ އެއްޗެއްސަށް އޯޑަރ ނުކުރައްވާތި އިނގޭތޯ؟"

ޘަނާ ހީނލިއެވެ.

ޖެހިގެން އައިދުވަހު އަނާއާއި ޘަނާ ފްލައިންގް ކޯޗްގައި ޝަހާރާދިމާއަށް ދަތުރުކުރަމުން ދިޔައެވެ. އޭރު އަނާގެ އުނގުގައި އޭނާގެ ލޯބިލޯބި ޙިނާ އޮތެވެ. ޙިނާވެސް އޭނާގެ މަންމަހާ ރީއްޗެވެ. އޭނާވެސް މިއަދު އެދަނީ އޭނާގެ ނަޞީބުގެ ޞަފްޙާތައް ލިޔުމަށް ޓަކައެވެ. އަނާއާއި ޘަނާއާއި ދެ މީހުންވެސް ތިބީ ވާހަކަ ދެއްކުމެއްނެތި ހިމޭނުންނެވެ. ކޮންމެވެސް މީހަކުވެސް އެ މީހެއްގެ އަމިއްލަ ޚިޔާލުގެތެރެއަށް ގެއްލިގެންނެވެ.

ކުއްލިއަކަށް ޘަނާ ވާހަކަ ދައްކަން ފެއްޓިއެވެ.

"އަނާޖީ...ވާހަކައެއް ނަންގަންނަންތޯ؟"

"މި ދަތުރަކީ ދާދި ކުރުކުރު ދަތުރެކެވެ. ނަމަވެސް އަންނަން އޮތްތާނގައި ވެސް ކަލާއަށް އަޅުގަނޑު ބޭނުންވެލައްވައިފިނަމަ އަޅުގަނޑަށް ގޮވާލައްވަން ޖެހިލުންވެ ނުލައްވާތި. ޚާން އާޞިފްގެ ގޭގެ ރަންފާރުތައް މާބޮޑަށް ހޫނުވެގެން އެ ފާރުތައް ވިރޭގޮތްވެގެން ކަލާއަށް ނޭވާލެއްވުން ދަތިވާކަމަށް އިޙްސާސް ކުރެވިއްޖެނަމަ ކޮންމެވެސް ކޮންމެވެސް ނުރަނގަޅު ފިޔަވަޅެއް ނާޅުއްވާތި. އަދި އެކަހަލަ ގޮތެއް ދިމާވެއްޖެނަމަ އަޅުގަނޑު ކައިރިއަށް އެނބުރި ދުރުވަންވާނެ. އަޅުގަނޑަކީ ކަލާއަށް ރަނގަޅު ވަފާތެރި ރަހްމަތްތެރިއެއްކަން ޘާބިތުކޮށްދޭނަން"

"އަޅުގަނޑު ކަލާގެ ތިޔަވާހަކަ ކޮޅު އަބަދުވެސް ހަނދާން ބަހައްޓާނަން.ޘ ަނާ!"

"ޝުކުރިއްޔާ އަނާޖީ!"

މިއަށްފަހު ދެ މީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެގޮތަށް ތިއްބާ ޝަހަރަށް އާދެވިއްޖެއެވެ.

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.