އެމްޑީޕީގެ ވައުދުތަކުގެ ތެރެއިން އަތްލެވޭ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭ: އިމްތިޔާޒު ފަހުމީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ވެފައިވާ ވައުދުތަކުގެ ތެރެއިން އަތްލެވޭ ގޮތަށް އެއްވެސް ކަމެއް ސަރުކާރުން ނުކުރެވޭ ކަމަށާއި އެހެންވީމާ ސަރުކާރަށް ސުމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ސްޓްރެޓެޖީއެއް ނެތް ކަމުގައެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ ވާހަކަ ދައްކާފައި އެކަން ނުބެލުނު ތާގައި އިމާރާތެއްވެސް ނޭޅުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިތުރު ފުރުސަތެއް އަރުވަންވީ ކީއްވެގެންތޯ އިމްތިޔާޒު ސުވާލުކުރެއްވިއެވެ.

އިމްތިޔާޒުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި އޭނާ ދެކެވަޑައިގަތް ހުރިހައި ސަރުކާރެއްގައިވެސް ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ކުރިއެވެ. އެކަމަކު އެމަނިކުފާނު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލުމުގެ ފުރުސަތު ދިން ހަމައެކަނި ސަރުކާރަކީ މިހާރު އޮތް ސަރުކާރު ކަމަށާއި އެހެން އެއްވެސް ސަރުކާރަކުން އެ ފުރުސަތު ދީފައި ނުވާ ކަމަށްވެސް އިމްތިޔާޒު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.