ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ މަޖިލީހަށް: އިންތި

ރާއްޖޭގެ ފަނޑިޔާރުގެ އިސްލާޙު ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ވީޓީވީން މިހާރު ގެނެސްދެމުން ގެންދާ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރެވޭނެ ކަމަށް ގަބޫލުކުރާ "އިންސިއެއްވެސް ޖިންނިއެއް" ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އެހެންމަމަވެސް ރައްޔިތުން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ސަރުކާރަށްދީފައިވާ އަޣުލަބިއްޔަތު ބޭނުން ކޮށްގެން ފަނޑިޔާރުގެ އިސްލާޙު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުގެ އިސްލާޙު ކުރުމުގެ މާނައަކީ ހުރިހާ ފަނޑިޔާރުން މަޤާމުތަކުން ވަކިކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި ފަނޑިޔާރުން ޖަވާބުދާރީ ކުރުވުމުގެ އުސޫލްތައް ކަނޑައަޅައި ފަނޑިޔާރުންގެ މެދުގައިވާ ބިރުވެރިކަން ނައްތާލެވޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމީޓީ އުފެއްދެވީވެސް ފަނޑިޔާރުގެ އިސްލާޙު ކުރައްވަން ކަމަށެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހަކީ ކުރީގެ މަޖިލީހެއްނޫން ކަމަށާއި މަޖީލިހުން އެތައްކަމެއް ކުރިން ދޫކޮށްލިޔަސް ނަވާރަ ވަނަ ރައްޔިތުންގެ މަޖީލިހުން އެގޮތަށް އެއްވެސް ދޫނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.