149ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލި މައްސަލަ ޖުޑިޝަރީ ކޮމެޓީން ބަލަނީ

ފޮޓޯ: ރައްޔތުންގެ މަޖިލިސް

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލި މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ހުށަހަޅައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރަށްވައިފައިވަނީ  އޭނާކުރެއްވި ޓްވީޓެއްގައެވެ. 

"މި އިހުމާލުތަކުގެ މައްސަލަބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި  (149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި) ޒިންމާވާ  ފަރާތްތައް  ޖަވާބުދާރީކުރުވުމަށްޓަކައި  އިއްޔެ ވާނީ މަޖިލީހަށް މައްސަލަ ހުށަހަޅާފައި" މެންބަރު އިންތި ކުރެއްްވި ޓްވީޓެއްގައު ވިދާޅުވިއެވެ. 

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ކުރި ދައުވާ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލީ  މިމަހު 10 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އެކެއްގެ މައްޗަށް ކޮށްފައިވަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ. 149 ކިލޯގެ މަސްތުވާ ތަކެއްޗަކީ ގދ. ޙުޅުވާރުލުން އަތުލައިގަތް މަސްތުވާ ތަކެއްޗެވެ. 

ދައުލަތުން އެމައްސަލަ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ. ނަމަވެސް އެމައްސަލަ ހުށަހަޅަންޖެހޭނީ  ކުށުގެ އަމަލުހިންގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި އެމަސަލަ ވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައެވެ. 

އެމައްސަލަ ގައްދޫން ކޯޓުން ބޭރުކޮށްލައިފައިވަނީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގެ ފަހުން އެކޯޓަށް ހުށަހެޅުމުން ކަމަށް ޙުކުމްގައި ވާކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ދައުވާކުރީ ކޯޓް އަމުރެއްނެތި ދެގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، ޤާނޫނާ ޚިލާފަށް ހޯދައިފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޙުކުމުގައި ބުނެފައިވެއެވެ. ކުރިމިނަލް ކޯޓުން ބޭރުކޮށްލައިފައިވާ މައްސަލަ އަކަށް ވުމުން ހައިކޯޓުން އިސްތިއުނާފުކޮށް ހައްލެއް ހޯދައިގެން ނޫނީ ގައްދޫ ކޯޓަށް މައްސަލަ ހުށަނޭޅޭނެކަމަށް ގައްދޫ ކޯޓުން މައްސަލަ ބޭރުކޮށްލި ހުކުމުގައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.