ގުރައިދޫ ޖަގަހައިގެ ސަބަބުން ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާވާނެ: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޖަގަހައެއް ކ. ގުރައިދޫގައި ހުޅުވައިފިއެވެ.

ރޭ ކ. ގުރައިދޫގައި ބޭއްވުނު ރަސްމިއްޔާތުގައި މިޖަގަހަ ހުޅުވައިދެއްވީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްއެވެ. މިއީ ޕާޓީގެ ސެންޓްރަލް ރީޖަންގައި އަދި ކ. އަތޮޅުގައި ހުޅުވުނު ފުރަތަމަ ޖަގަހައެވެ.

މިރަސްމިއްޔާތުގައި މުޙައްމަދު ނާޒިމްގެ ވާހަކައިގައި އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމާއެކު، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެމްއެންޕީގެ ހަރަކާތްތައް ހިންގުމާއި، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް މިރަށުގައި ހަލުވި ދުވެލީގައި ކުރެވިގެންދާނެއެވެ. އަދި ޕާޓީގެ އެކި ހަރަކާތްތަކާއި ކެމްޕޭންގެ މަސަކަތްތައްވެސް މިޖަގަހައިގައި ކުރިޔަށްދާނެ ކަމުގައެވެ.

އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން، ލީޑަރޝިޕްގެ ފަރާތުން ނާއިބު ރައީސް ޢަބްދުﷲ ރިޔާޟް، މިރްފަތު އިސްމާޢީލް ޝަފީޤް، ޙުސައިން އިސްމާޢީލް އަދި މުޙައްމަދު ޝިހާބު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުނާއި ޕާޓީއަށް ހެޔޮ އެދޭ ގިނަ އަދަދެއްގެ ރައްޔިތުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

އެމްއެންޕީ ކ. ގުރައިދޫ ޖަގަހަ

ފިޔާތޮށިގެ / ކ. ގުރައިދޫ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.