ޒުވާނުންނަށް އަމާޒުކޮށް އެމްއެންޕީ އިން ބާއްވާ ޕީއެސް ފިފާ ގޭމިންގ މުބާރާތް ފަށައިފި

އެމްއެންޕީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންއާއި ގުޅިގެން ޕީއެސް ފީފާ މުބާރާތެއް ރޭ ފަށައިފިއެވެ.

މި މުބާރާތަކީ 558 ބައިވެރިންނާއެކު ޑަބަލްސް ޓީމް ވާދަކުރާ ގޮތައްހަމަޖެހިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިމުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމްއެންޕީއަކީ އަބަދުވެސް ޒުވާނުންނަށް ސަޕޯޓްކޮށް ޒުވާނުންނާއެކީ ވާ ޕާޓީ އެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެމްއެންޕީގެ ހުރިހާ ޖަގަހަ ތަކަކީ ޒުވާނުންނަށްޓަކައި ފަންނީ ހަރަކާތްތައް ހިންގުމަށް ހުރިހާ ވަގުތެއްގައިވެސް ބޭނުން ކުރުމަށް ހުޅުވިފައި ހުންނާނެ ތަންތަންކަމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރިޔަށް އޮތްތަނުގައި މިކަހަލަ އިތުރު މުބާރާތްތައް ބާއްވަވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

އޭޕްރިލް 6 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތް ކުރިއަށް ދަނީ ރޭގަނޑު 9.30 އިން މެންދަމު 12.00 އަށް އެމްއެންޕީ މައި އޮފީހުގެ ޖަހަގަހައިގައެވެ..

މި މުބާރާތުގެ އެއްވަނަހޯދާ ފަރާތަކަށް ކަނޑައެޅިފައިވަނީ 8000 ރުފިޔާއެވެ. އަދި ދެވަނަޔަށް ހަމަޖެހިފައިވަނީ 5000 ރުފިޔާއެވެ. ތިންވަނަޔަށް ހަމަޖެހިފައިވަނީ 3000 ރިފިޔާއެވެ. އަދި ހަތަރުވަނަޔަށް 1000 ރިފިޔާ އާއި ފަސްވަނަޔަށްދާ ފަރަތުން ފެށިގެން 8 ވަނަޔާ ހަމަޔާށްދާ ކޮންމެ ފަރާތަކަށް 500 ރުފިޔާ ހަމަޖެހިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.