އެމްޑީޕީގެ މެމްބަރުން ރައީސް ސާލިހަށް އޯކޭ ދީފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވާ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރި ހޯއްދަވާނެކަމަށް ބެލެވެން ފަށައިފި އެވެ.

މިއަދު ކުރިއަށްދިޔަ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ލުމުގައި މިހާތަނަށް ގުނި ވޯޓުފޮށިތަކުން ކުރީގައި އުޅުއްވަނީ ރައީސް ސާލިހެވެ.

އެގޮތުން 163 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހަށް %62 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވަނީ %38 ވޯޓެވެ.

ރާއްޖޭގައި މިހާތަނަށް ބޭއްވި، އެންމެފޯރިގަދަ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައިރު، ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅާފަ އެވެ. އަދި ގިނަ ހަމަނުޖެހުންތަޖެއް ވެސް ވަނީ ހިނގާފަ އެވެ.

އެގޮތުން ބައެއް ފޮށިތަކުގައި ވޯޓުލުން ހުއްޓާލުމަށްފަހު، އަލުން ފަށާފައިވާއިރު، ބައެއް ވޯޓު ފޮށިތައް ވަނީ ހަލާކުކޮށް އެއްލާވެސް ލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.