ޕީޕީއެމް އިން ރިޔާސީ ކެމްޕެއިނަށް ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފި އެވެ.

އެ ޕާޓީން ބުނީ ކެމްޕެއިން ފެށުމަށް ބާއްވާ ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ 2 އިން 4 ކަމަށެވެ. މި ކޮންފަރެންސްގައި އެ ކޯލިޝަންގެ ލީޑަރ ޝިޕާއި މަޖިލިސް މެމްބަރުންނާއި ސެނެޓްގެ މެމްބަރުންނާއި ދާއިރާތަކުން މެމްބަރުން ބައިވެރިވާނެކަމަށް ވެސް ބުންޏެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އެ ޕާޓީން ފަށަން ނިންމާފައިވާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ނަންގަވާއި އެ ފައިސާ ލޯންޑަރކުރި ކުށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އެމަނިކުފާނަށް އިއްވާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެތެރޭގައި އިއްވި މި ހުކުމުގެ ސަބަބުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ހަނިވެފަ އެވެ

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓްމެބަރު މަހުގެ 9 ވަނަދުވަހުކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އަދި އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު ޖުލައި 23ގައި ހުޅުވާލާނެަންވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.