އެމްޑީޕީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން: ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ރައީސް ނަޝީދު

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެޕާޓީގެ މެމްބަރުންގެ ލިސްޓު އާންމުކޮށްފި އެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ނަން ލިސްޓް އާންމު ކޮށްފައިވާއިރު، އެ ލިސްޓާއިމެދު ޝަކުވާ ހުށައަޅަން ބޭނުން ވާ ފަރާތްތަކަށް މި ފެށޭ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 4 ޖެހުމާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެ ދެބޭފުޅުންގެ ކެންޑިޑެންސީ ނަމްބަރު ގުރުއަތުލާފައިވާއިރު، ނަޝީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު 1 އެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

ނިޒާމުގެ ބަހުސްއާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފްކްޝަނެއް އުފެދިފަ އެވެ. ދެ ރައީސުންގެ ތެރެއިން ނަޝީދު، ފާޅުގައި ސަރުކާރާއި ސޯލިހަށް ބަހުގެ ހަމަލާތައް ދެމުން ގެންދަވާ އިރު ރިޔާސީ ޕްރައިމަރީގައި ދެ ރައީސުން ވާދަކުރައްވަން ނިންމެވި ހިސާބުން ފެކްޝަން ދަނީ އިތުރަށް ވަކިވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަލާތައް ދެމުންނެވެ.

މި ފެށޭ ޖެނުއަރީ މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ދެ ފެކްޝަން އަންނަނީ ފުޅާ ކެމްޕެއިނަށް ތައްޔާރު ވަމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ ކެމްޕެއިން ބޮޑު ތިލަދުންމަތިން ފެށުމަށް ވަނީ ނިންމާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.