އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ތާއީދުކުރުމަށް ނިންމައިފިން: ޢަބްދުﷲ ޝާހިދް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވައިފިކަމަށް ރައިްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ މެމްބަރު ޢަބްދުﷲ ޝާހިދު ނިންމަވައިފިއެވެ.  އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ދާދި ދެންމެ އަކު ކުރެއްވި ޓްވީޓެއްގައެވެ.

ޢަބްދުﷲ ޝާހިދު ގެ ޓްވީޓުގައި ވަނީ "ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަށް އެމަނިކުފާނު ނިންމަވާފައިވާތީ، ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓެވުމުގެ މަގްސަދުގައި އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓަކަށް އިބޫ ޞާލިޙް އަށް ތާއީދު ކުރުމަށް އަޅުގަނޑު ނިންމައިފިން" ކަމަށެވެ. 

ޢަބްދުﷲ ޝާހިދް ގެ ޓްވީޓް: 

އިބްރާހިމް މުޙައްމަދު ޞާލިޙް އަށް ތާއީދު ކުރައްވާން ނިންމެވިކަން ޝާހިދު ހާމަ ކުރައްވާފައިވަނީ ރައީސް މުޙައްމަދް ނަޝީދް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާން ނިންމަވަައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަށް މިއަދު ހެނދުނު އެކަން އެންގެވުމުންނެވެ. ޓިކެޓް ދޫކޮށްލެއްވިކަން ރަސްމީ ކޮށް އިޢުލާން ކުރައްވާނީ މާދަމާ އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައެވެ. ނަޝީދު ޓިކެޓް ދޫކުރައްވާން ނިންމަވައި އެކަން އިއުލާން މިކުރެއްވީ ކޯލިޝަނގެ މެދުގައި ނުސީދާކޮށް ބަހުގެ ހަމަލާތައް ބަދަލުކުރެވި ނުތަނަވަސްކަމެއް އުފެދިފައި އޮތް ދަނޑިވަޅެއްގައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.