އަސްލަމާ ވާދަކޮށް ޝިފާޒު އިންތިޚާބު ކާމިޔާބު ކުރައްވައިފި

އެމްޑީޕީއަށް އަލަށް އިންތިޚާބުވި ނާއިބު ރައީސް މުޙައްމަދު ޝީފާޒު- ފޮޓޯ މިހާރު

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި މިއަދު ނެގިވޯޓު ކާމިޔާބު ކޮށް އެޕާޓީގެ ރައީސްކަމަށް ކުރީގެ ވެސް ރައީސް، ރައީސް ނަޝީދު އިންތިޚާބު ކޮށްފިއެވެ. އަދި ނާއިބު ރައީސަކަށް އިންތިޚާބުވެފައިވަނީ ކުރިންވެސް އެމަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒެވެ.

އެމްޑީޕީގެ ލީޑަރޝިޕުން ހުސްވެފައިވާ ރައީސްކަމުގެ މަގާމާއި ނާއިބުރައީސް ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ރައީސް ކަމަށް ކުރިމަތި ލެއްވި ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. އެހެން ކަމުން މިއަދު ބޭއްވި ވޯޓުލުމުގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ގިނަ މީހުން ވޯޓު ދީފައިވަނީ ރައީސް ނަޝީދު އެމަގާމުގައި ހުންނަން ފެނަ ކަމަށެވެ.

ނާއިބު ރައީސް ކަމަށް ކުރިމަތި ލެއްވީ ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބުރައީސަކަށް އެންމެފަހުން ވެސް ހުންނެވި މުޙައްމަދު ޝިފާޒެވެ. އެ ދެބޭފުޅުން ވަނީ ފޯރިގަދަ ކެމްޕޭނެއް ކުރައްވައި އިންތިޚާބުގެ ވާދަވެރިކަން ދައްކުވައިދީފައެވެ.

ކެމްޕޭން ތެރޭގައި ޝިފާޒު ވިދާޅުވެފައިވަނީ އޭނާގެ ފުރިހަމަ އިތުބާރު އެމްޑީޕީގެ މެމްބަރުންނަށް އަބަދުވެސް އޮންނާނެ ކަމަށެވެ. އަދި މެމްބަރުން ވެސް އޭނާއަށް ފުރިހަމައަށް އިތުބާރުކުރާކަން ކަށަވަރު ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އިންތިޚާބު ކާމިޔަބު ކުރެވޭނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކެއް ނުކުރައްވާ ކަމަށް އޭރު އޭނާ ވަނީ ވިދާޅުވެފައެވެ.

އަސްލަމްވެސް ނިކުންނެވީ ޝިޕާޒު ބަލިކުރެވޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. އެހެން ކަމުން ދެކޮޅުން ވެސް ފެނިގެން ދިޔައި ވާދަވެރި ކެމްޕޭނެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.