އެމްއައިބީ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ސްޓެލްކޯ ސޭލްސް ސެންޓަރުން މުދާ ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި

ފޮޓޯ: އަވަސް ނޫސް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް މިހާރު ސްޓެލްކޯ ސޭލްސް ސެންޓަރުން ކަސްޓަމަރުން މުދާ ގަނެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ސްކީމުގެ ދަށުން ކަރަންޓުލުމަށް ބޭނުންވާ ހުރިހާ ސާމާނާއި ކަރަންޓު ވައިރުކުރުމަށް ބޭނުންވާ އާލާތްތައް ގަނެވޭނެ ކަމަށެވެ. އަދި މިނޫނަސް ކަރަންޓާއިގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ވެސް މިސްކީމްގެ ދަށުން ގަނެވޭނެ ކަމަށް ބުންޏެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެއް ސްކީމެކެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ އެވެ.

މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ. މިފަދަ ސްކީމްތަކުގެ ސަބަބުން ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ފައިސާދައްކަން ދަތިވާ ފަރާތްތަކަށް ނުހަނު ގިނަ ފަސޭހަތައް ލިބިގެންދާނެ އެވެ.

ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ޚިޔާރުކުރެވޭނެ އެވެ. މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް 06 މަސް ވަންދެން ބޭނުންކުރެވޭނެ އެވެ.

މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.