މިއަދު ބޭއްވި ދެ ބައި-އިލެކްޝަނުން ވެސް އެމްޑީޕީ އަށް ނާކާމިޔާބު

ފޮޓޯ: އިލެކްޝަންސް ކޮމިޝަން ޓްވިޓަރ

މިއަދު ބޭއްވި ދެ ބައި-އިލެކްޝަނުން ވެސް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ ބަލިވެއްޖެ އެވެ.

މިއަދު ބާއްވާފައިވަނީ ނ. މަގޫދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިޚާބެވެ.

މަގޫދޫ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް ލިބިފައިވަނީ 124 ވޯޓެވެ. އެމްޑީޕީ ފަރީދާ ޚާލިދަށް ލިބިފައިވަނީ 115 ވޯޓެވެ.

ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓު އައިޝަތު ޝާފިއާއަށް 197 ވޯޓު ލިބިފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު ހުވައިލަތު ރަހީމާއަށް ލިބިފައިވަނީ 192 ދެ ވޯޓެވެ.

މި ދެ ބައި-އިލެކްޝަން ކާމިޔާބުކުރުމުން ޕީޕީއެމް އިން ވަނީ އެ ޕާޓީގެ ދެ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.