މިބަލަނީ ހުރިހާ ދާއިރާއެއްގައި އެއްފަހަރާ ވޯޓުލާން ފެށޭތޯ: އީސީ

އީސީގެ މެންބަރު އަހުމަދު އަކުރަމް

މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ހުރިހާ ދާއިރާއެއްގައި އެއްފަހަރާ ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ގަނޑިއަކީ ހެނދުނު 8:00 ކަމަށެވެ. "އަޅުގަނޑުމެން މިބަލަނީ ވޯޓުލާން ހަމަޖެހިފައިވާ ހުރިހާ މަރުކަޒެއްގައި އެއްފަހަރާ ވޯޓުލާން ފެށޭތޯ،" އަކުރަމް ވިދާޅުވިއެވެ.

ހުރިހާ އޮފިޝަލުން ހަމަނުވިޔަސް ވޯޓުލާން ފަށާނެ ކަމަށް އިލެކްޝަނުން ކުރިން ވަނީ ވިދާޅުވެފައެވެ.

އަކުރަމް ވިދާޅުވީ ސީދާ ގަޑިއަށް ނުފެށިދާނެ ފަދަ ދެ ޝަކުވާއެއް ދެ ތަނަކުން ލިބިފައިވާ ކަމަށެވެ. އެދެތަން ފިޔަވައި ހުރިހާ ތަނެއްގައިވެސް ސީދާ ގަޑިއަށް ވޯޓުލާން ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ލިބިފައިވާ ދެ ޝަކުވާގެ ތަފްސީލް އަކުރަމް ނުދެއްވައެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނީ ޖުމްލަ 501 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 264،589 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.