ކްވެއިތު އެއަރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

ކްވެއިތު އެއަރވޭސްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

އެ ގައުމުގެ ގައުމީ އެއަރލައިން ގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ތޯހާ އާއި މިނިސްޓްރީގެ އިސްބޭފުޅުންނާއި އެމްއޭސީއެލްގެ އިސް މުވައްޒަފުން ބައިވެރިވި އެވެ.

ވީއައިއޭ އަށް ކުވެއިތް އެއާވޭސްގެ ފުރަތަމަ ބޯޓު އިއްޔެ ހެނދުނު 7:15 ގައި ޖެއްސުމާއެކު، ވޯޓަރ ސެލިއުޓަކުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި އެ ބޯޓުން ރާއްޖެ ޒިޔަރާތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު އެވެ.

ކުވެއިތް އެއަރވޭސް އިން ކުވެއިތާއި ރާއްޖެއާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރާނެއ ެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އޭ320 މަރުކާގެ ބޯޓެވެ. މިއީ150  މީހުންގެ ޖާގައިގެން ބޯޓެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.