ޑްރަގް އޮޕަރޭޝަނެއްގައި ގިނަ އަދަދައްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފި

ޑްރަގް އޮޕަރޭޝަނެއްގައި ގިނަ އަދަދައްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފި އެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަން ހިންގާފައިވަނީ 10 ސަރަހައްދެއްގައި ކަމަށާއި މި އޮޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 933،430 ރުފިޔާ ވެސް އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ހިންގާ ކަންކަން ހުއްޓުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށްވެސް ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅުވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

 

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.