ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ފޯނު ފޭރިގަނެ، ވިއްކަން އުޅެނިކޮށް އަތުލައިގެންފި

ތ. ތިމަރަފުށީގައި ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ މޯބައިލް ފޯނު ފޭރިގަނެ، ވިއްކަން އުޅެނިކޮށް ފުލުހުން އެ ފޯނު އަތުލައިގެންފިއެވެ.  

ފޯނު ފޭރިގެންފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހާ މަގުމައްޗަށް ވެއްޓިަފއި އޮއްވައި އޭނާގެ ޖީބުންނެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.

ފުލުހުންނަށް މައްސަލަ ހުށަހެޅުމާއެކު ފުލުުހުން ކުރި މަސައްކަތުން ފޯނު އަތުލައިގެންފައިވަނީ ފޯނު ވިއްކަން އުޅެނިކޮށެވެ. މި މައްސަލައާއި ގުޅިގެން އުމުރުން 30 އަހަރު އަދި 20 އަހަރުގެ ދެ ފިރިހެނުން މިހާރުވަނީ ހައްޔަރުކޮށްފައެވެ. ފުލުުހުން ގެންދަނީ މި މަައްސަލަ ތަހުގީގުކުރަމުންނެވެ. އަދި ފޯނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.