މުރައިދޫ ބަނދަރު މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިފައިވާ ކަމަށް އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ހާބަރ ޕޭވްމެންޓް މަސައްކަތް ނިންމާ، އައު ހާބަރ ޕޭވްމެންޓް މަސައްއަތުގެ %95 މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައި ވެއެވެ. އަދި 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރާނެ އެވެ.

މީގެ އިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

36.3 މިލިއަން ރުފިޔާގެ މިި މަޝްރޫއުގައި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.