އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2022 ފަށައިފި

އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2022 ފަށައިފި އެވެ.

މިއަދުން ފެށިގެން ޑިސެމްބަރ މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ގައި ޔަންމާ އަދި ސުޒުކީ އިންޖީނުތަކުގެ ތެރެއިން ހޮވައިލެވޭ އިންޖީނުތަކަކުން ޑިސްކައުންޓު ލިބޭނެ އެވެ. އަދި އިންޖީނުގެ ސްޕެއަރޕާޓްސް އިން ވެސް ޑިސްކައުންޓު ލިބޭނެ އެވެ.

މީގެއިތުރުން އަޑީތެލާއި ދަވާދު އަދި ކޯޓިންގސް އާއި އިންޑަސްޓްރިއަލް ގޭހާއި މާރޯ ސްޓެއަރިންގ ސިސްޓަމުން ވެސް ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފަ އެވެ.

ސުޒުކީ އިންޖީނުތަކުން 10 ޕަސެންޓު އަދި ޔަންމާ އިންޖީނުތަކުން ވެސް ޑިސްކައުންޓު ލިބޭނެ ކަމަށާއި ސްޕެއަރޕާޓްސް އިން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި މާލޭގެ ބަނދަރު ސަރަހައްދާއި ރ. އަތޮޅާއި ތ. އަތޮޅާއި ށ. އަތޮޅުގެ ވަކި ރަށްތަކަކަށް އެ ކުންފުނީގެ ޓީމުތައް ގޮސް، އެރަށްތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް، ޕްރޮމޯޝަންގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

ޕްރޮމޯޝަންގައި ކޮންމެ 5000 ރުފިޔާއަކަށް ކޫޕަނެއް ދޭއިރު، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕވަރުގެ އިންޖީނެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި މުޅި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތަކަށް 2 ލައްކަ ރުފިޔާގެ އަގުހުރި ޔަންމާ އިންޖީނެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މިއީ 35 ހޯސްޕަވަރުގެ އިންޖީނެކެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.