ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް ޔާމީން ނ. އަތޮޅަށް ވަޑައިގަންނަވަނީ

އަންނަ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނ. އަތޮޅަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ޔާމީން ގެ މި ދަތުރުފުޅު ފައްޓަވަން ނިންމަވާފައިވަނީ މި މަހުގެ 25 ވާ އަންގާރަ ދުވަހު އެވެ.

މި ދަތުރުފުޅު ގައި އެ އަތޮޅުގެ ކެނދިކުޅުދޫ، މިލަދޫ، މަނަދޫ، ހޮޅުދޫ އަދި މަގޫދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމް އިން ބުނެއެވެ. މި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ސިޔާސީ އެކި ހަރަކާތްތައް ހިންގަވާނެ ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ.

ނ އަތޮޅުގެ ދަތުރުފުޅަށް ފަހު އަންނަ މަހުގެ ތެރޭގައި ޔާމީން އައްޑޫ އަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އިން ބުނެފައި ވެއެވެ. އަދި ގދ. އަތޮޅާއި ފުވައްމުލަކަށް ވެސް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޔާމީން އެންމެ ފަހުން ވަޑައިގެންނެވީ ހއ. އަތޮޅަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.