(8 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މުރުތަޟާވެސް ނިޤާރާ ބައިވެރިވިއެވެ. ޔުނިވަރސިޓީއަށް ވެއްދިއިރު އަންގައެއްނުލާ ނޫންހެއްޔެވެ؟ އެކަމަކު ކަޝަފް މީހަކާ ދެވަންވީމަ އަހަރެންގާތު ޚަރަދުކުރާށާ ވަލީދޭންބުނަން ލަދެއްނުގަންނާނެކަމުގައި މުރުތަޟާ ބުންޏެވެ.
------------------------
ޒަރޫން ގެޔަށް ވަދެގެން އައިއިރު ، އޭނާގެ މަންމަ ޝޫޓްކޭހެއްކައިރީ ހުއްޓިލައިގެން ހުއްޓާ ފެނުނެވެ. އަދި ތަނަކަށް ދަނީތޯ މަންމައާ ސުއާލުކުރެއެވެ. މެލޭޝިއާއަށް ކޮންފަރެންސަކަށް ދާވާހަކަ ވަރަށް ފަޚުރުވެރިކަމާއެކު ޣަޒާލާ ބުންޏެވެ. މަންމަ އެވާހަކަ ބުނެނުލާތީ ޒަރޫންގެ ކަންބޮޑުވުން ފާޅުކުރިއެވެ. ޒަރޫންގެ ބައްޕަގާތު ބުނި ވާހަކައާއި އެކަހަލަ ކަންކަމާ ބެހޭގޮތުން މާގިނަ ސުއާލެއް ބައްޕަ ނުކުރާނެކަމަށް ޣަޒާލާ ބުންޏެވެ. އަދި ޒަރޫން އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދިފައި އޭނާއަށް އަހާލެވުނީކަމުގައި ބުނެއެވެ. ޒަރޫންވެސް އެހެން ފިރިހެނުންކުރާކަހަލަ ސުއާލުކުރާވާހަކަ ބުނެ ޣަޒާލާހުރީ ފޫހިވެފައެވެ. ފިރިހެނުން ދެކޭގޮތުގައި އަންހެނުން ތަނަކަށް ދަންޏާ ފިރިމީހާ ކުރެން އަހައި ހުއްދަ ލިބިގެންނޫނީ ދެވިގެން ނުވެއެވެ. ފިރިހެނުން އަންހެނުންކުރެން އަހާލުމެއް ކަހާލުމެއްނެތި ބޭނުންތާކަށް ދާންވީއެވެ. މަންމަ ދެއްކި ވާހަކަތަކަށް ޒަރޫން ، މަޑުމަޑުން ބޯ ޖަހާލަ ޖަހާލާ ހުއްޓެވެ. މަންމަގެ ވާހަކަތަކުން ޒަރޫންއަށް ވަރަށް އަސަރުކުރިއެވެ. އޭނާ ދެކޭގޮތުގައި އެއީ އަންހެނުންނަށް ލިބެންޖެހޭ މިނިވަންކަމަށްވުރެ ޙައްދުން ނައްޓާފައިވާ މިނިވަންކަމެކެވެ. ޔުނިވަރސިޓީއަށް ގޮސް އައިމަ ވަރުބަލިވެފަހުރި ވާހަކަ ބުނެ މަންމައަށް އުފާވެރި ދަތުރަކަށް އެދުމަށްފަހު ޒަރޫން އޭނާގެ ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ.
ޖުނައިދަށް އެދުވަހު ގެޔަށް އާދެވުނުއިރު ހުރީ ކުޑަކޮށް ލަސްވެފައެވެ. ގޭތެރޭގެ ބޮކިތައްވެސް ހުރީ ނިއްވާފައެވެ. ޖުނައިދު ބޮކިދިއްލާލި ތަނުން ޒަރޫން ސޯފާގައި އޮށޯވެލައިގެން އޮތްތަން ފެނުނެވެ. ބޮކި ދިއްލާލިތަނުން ޒަރޫންވެސް ހޭލިއެވެ. އަދި އޭނާގެ ބައްޕައަށް ސަލާމް ގޮވާލައި ދެކަކުލުގައި ބޯ ޖައްސައިގެން ސޯފާގައި އިށީނދެލިއެވެ. ބައްޕަ އައިލެއް ލަސްވިކަން ޒަރޫނަށް އިޙްސާސް ކުރެވުނެވެ. މަންމަ ކޮބައިތޯ ޖުނައިދު ، ޒަރޫން ގާތު އަހާލައެވެ. މަންމަ ކޮންފަރެންސަށް މެލޭޝިއާއަށް ދިޔަވާހަކަ ޒަރޫން ބުނެއެވެ. އެވާހަކަ އަހާފައި ޖުނައިދަށް ކުއްލި ސިހުމެއް ލިބުނެވެ. އަދި ދިޔައީ ކޮންއިރަކުތޯ އަހާލިއެވެ. ހަތަރެއް ޖެހިއިރުއޭ ބުނެ ބައްޕަގާތު ބުނެފައެއް ނޫންހޭ ދިޔައީ ޒަރޫން އަހާލައެވެ. އެވާހަކަ އެއްދުވަހަކު ދައްކާލި ވާހަކަ ޖުނައިދު ބުންޏެވެ. އަދި ދާންޖެހެނީ ކޮންދުވަހަކުތޯ އާއި އަންނަނީ ކޮންދުވަހަކުންކަމެއް ނުބުނެއެވެ. ފަހަރެއްގައި ސާރާގާތު ބުނެފައި އޮވެދާނެއެވެ.
ސާރާ އޭރުވެސް ގެޔަކަށް ނާދެއެވެ. ފަހަރެއްގައި ފަރްޙާނާއެކުގައިކަމަށް ވެދާނެއެވެ. ސާރާއަށް ފޯނުކޮށްލަން ޖުނައިދު ބުނެއެވެ. އެކަމަކު އެއީ އޭނާ އެހާ ޤަބޫލުވާނެ ކަމެއްނޫނޭ ބުނެ އެކަމުން ޒަރޫން މަނާވެގަނެއެވެ. ޖުނައިދުގެ އޭނާގެ ދަރިފުޅުގެ ބުރަކަށީގައި ލޯބިން ޖަހާލަމުން ޔުނިވަރސިޓީ ކިހިނެއްތޯ އަހާލައެވެ. ވަރަށް ބުރަކޮށްނޭ ދަނީބުނެ ޒަރޫން އިތުރު ވާހަކައެއް ނުދައްކައެވެ. ޒަރޫން އިނީ ސާރާއާއި މަންމަގެ ޢަމަލުތައް ހުންނަގޮތުން ކަންބޮޑުވެފައެވެ. ޖުނައިދުވެސް ހުރީ އެހެންމީހަކަށް ނޭންގިނަމަވެސް އޭނާގެ އަންހެނުންނާއި އަންހެންދަރިފުޅު އުޅޭގޮތުން މާޔޫސް ވެފައެވެ. އެކަމަކު އެކަމާ އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ޣަޒާލާއަކީ އެހާ ޒީލަގަދަ އަންހެނެކެވެ.
ޒަރޫން އިރުކޮޅެއްކޮށްލާފައި ތިރިޔަށް އައިއިރު ، ކާމޭޒުދޮށުގައި ބައްޕަ އިނެވެ. ޖުނައިދު ހީކުރީ ޒަރޫންވެސް އޭނާގެ ރަޙުމަތްތެރިންނާއެކު ބޭރަށްދަނީ ކަމަށެވެ. އަހަރެން ބޭރަށްދާން އޮތް ޕްރޮގްރާމް ކެންސަލްކޮށްލީއެވެ. އެއީ ބައްޕައާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި ބައްޕަޔަށް ވަގުތު ދޭން ވެގެންނެވެ. އެކަމުގައި ވަކި ޚާއްޞަކަމެއް އޮތްތޯ ޖުނައިދު އަހާލައެވެ. ބައްޕަ އަބަދު އެކަނި އުޅެން ފޫހިނުވޭތޯ ޒަރޫން ސުއާލުކުރިއެވެ. ދުވާލުދާ ހަތަރުދަން ތިހޭދަކުރަނީ މަންމައާ ނުލައެވެ. ކުރީކޮޅު ވަރަށް ފޫހިވި ވާހަކަޔާ އަދި މިހާރު އެކަމަށް ބައްޕަ އާދަވެފައިވާ ކަމުގައި ޖުނައިދު ބުންޏެވެ.
"ބައްޕާއެވެ! އަހަރެންނަށް ހީވަނީ ބައްޕަ ، މަންމައާ ވާހަކަދައްކާލަން އެބަޖެހޭ ހެންނެވެ. މަންމަޔަށް ވިސްނައިދޭން އެބަޖެހެއެވެ." ޒަރޫން ބުންޏެވެ. އެއީ ކޮންކަމަކާ ބެހޭގޮތުންތޯ ޖުނައިދު އޭނާގެ ދަރިފުޅާ ސުއާލުކުރެއެވެ.
"މަންމަ އެހާ ބިޒީކޮށް އުޅޭތީ ޢާއިލާއަށް ޚާއްޞަކޮށް ބައްޕަޔަށް ވަގުތު ދޭންޖެހޭ ވާހަކައެވެ." ޒަރޫން ބުންޏެވެ. އޭނާގެ ދަރިފުޅުގެ ވިސްނުމާމެދު ޖުނައިދު އުފާކުރިއެވެ. އަދި ޒަރޫންއާ ދިމާއަށް އެތައް އިރަކު ބަލަހައްޓައިގެން އިނެވެ.
ޖުނައިދުގެ ނަޒަރުގައި ޒަރޫންގެ މަންމަޔަކީ ރަނގަޅު އަންހެނެކެވެ. ޒަރޫންވެސް އެކަމާ ދެބަހެއް ނުވެއެވެ. އެއީ އޭނާގެ މަންމައެވެ. އެކަމަކުވެސް ޙަޤީޤަތަށް ބަލާއިރު ، މަންމަގެ އުޅުމަކީ ފިރިހެނަކަށް އެންމެ ކަމުދާނެ އުޅުމެއްނޫނެވެ. ސާރާއަށްވެސް ދަސްވަމުން އެދަނީ މަންމަގެ ގޮތެވެ.
"ދަރިފުޅަށް ހީވާގޮތުގައި މަންމަޔަށް އެކަން އިޙްސާސެއް ނުވާނެ ހެއްޔެވެ؟" ޖުނައިދު އޭނާގެ ދަރިފުޅާ ސުއާލުކުރެއެވެ. ފަހަރެއްގައި މަންމަޔަށް ނޭނގި އުޅެވޭގޮތަކީ ކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ. ޒަރޫން ބުންޏެވެ. ޒަރޫނަށް ވިސްނޭ ގޮތުގައި ކަންތައްތައް މިދާނުދާގޮތް މަންމަޔަށް އިޙްސާސެއް ނުވެއެވެ.
"ދަރިފުޅާއެވެ! އެއްވެސް ނަތީޖާއެއް ފެންނަންނެތް ކަމެއްގައި ދަރިފުޅުގެ މަންމަގެ އަނގައިގާ ހިފާދަމާކަށް ބައްޕަ ބޭނުމެއް ނޫނެވެ." މާޔޫސް ކަން އެކުލެވޭ ލަހުޖާއެއްގައި ޖުނައިދު ބުންޏެވެ. އަދި އަނތްބަކާ ފިރިއެއްގެ ގުޅުމުގައި އެކަކު އަނެކަކަށް އަނެކާ ކޮންޓްރޯލް ކުރުމަށް ދެމީހުން އުޅުމަކީ އަލިފާނަށް ތެޔޮއެޅުން ކަހަލަ ކަމެކެވެ. ލޯބީގެ ގުޅުމެއްގައި އެކަކު އަނެކަކަށް ކޮންޓްރޯލް ކުރާކަށް ނޫޅޭނެއެވެ. އެހެންނަމަވެސް ޒަރޫން ދެކޭގޮތުގައި ޒަރޫން އެބުނާ އެއްޗެއް އޭނާގެ ބައްޕަޔަކަށް ނުވިސްނެއެވެ.
"އަހަރެންބޭނުންވާގޮތް ޙާޞިލް ކުރުމަށްޓަކައި އަންހެނަކަށް ، އެއްވެސްކަމެއް މަޖުބޫރެއް ނުކުރާނަމެވެ." ޖުނައިދު ބުންޏެވެ.
"ދަރިފުޅުގެ މަންމަގެ މައްސަލަޔަކީ ، އޭނާގެ ޒިންމާ ފުރިހަމަޔަށް އަދާ ނުކުރުމެވެ. މިގޭގައި އަހަރެންގެ ދެކުދިން ތިއްބާ އަހަރެމެންގެ ގުޅުން އިތުރަށް ގޯހުން ގޯހަށް ބަދަލުވެދާނެކަމެއް ނުކުރާނަމެވެ." ޖުނައިދުގެ އަޑުގައި ހުރި ރިހުން ޒަރޫންއަށްވެސް އިޙްސާސް ކުރެވުނެވެ.
"އެހެންވީމާ އެއްކަމަކަށް އަނެއްކަމެއް ޤުރުބާން ކުރަން ބައްޕަ ބޭނުން ނުވަނީ ދޯއެވެ؟" ބައްޕަގެ އިޙްސާސްތައް ދެނެގަންނަމުން ޒަރޫން ބުނެއެވެ. އޭގެ ޖަވާބުގައި ޖުނައިދު ބުނީ ، ރަނގަޅެއް އޮވެގެން އެއްކަމަކަށް އަނެއްކަމެއް ޤުރުބާންކުރުމަކީ ގޯސްކަމެއް ނޫންކަމުގައެވެ. ޖުނައިދުގެ ހިތުގައި އެތައް ޒަމާނަކުއްސުރެ ފުނިޖެހިފައިވާ ހިތްދަތި އިޙުސާސްތައް އޭނާގެ ދަރިފުޅުގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ. ޒަރޫންގެ މަންމައަކީ ގޯސް އަންހެނެއްނޫނެވެ. އޭނާ ބޭނުންވަނީ އަމިއްލަ ވަންތަކަމެވެ. ހުރިހާ ކަމެއްގައިވެސް އަމިއްލަ ގޮތް އިޚްތިޔާރު ކުރެވޭފަދަ މިނިވަންކަމެކެވެ. އެކި އިންސާނުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭނީ އެކިކަންކަމުންނެވެ. ހުރިހާ ހިތި ހަނދާންތަކެއް ޒަމާނާއެކު ބަދަލު ވެއްޖެއެވެ. ހަނދާންކޮށްގެން ރަނގަޅު ބަދަލެއް ގެނެވެންނެތް ކޮންމެ ކަމެއް ދޫކޮށްލައިގެންނޫނީ ދިރިއުޅުން ކުރިޔަކަށް ނުގެންދެވޭނެއެވެ. ޒަރޫން އިނީ ބައްޕަގެ ވާހަކަތަކަށް ވިސްނުންތެރިކަމާއެކު ސަމާލުކަންދީގެންނެވެ. އަދި ބައްޕަޔަށްޓަކައި އޭނާ ފަޚުރުވެރިވާހަކަ ބުންޏެވެ. އަދި ޒަރޫން އޭނާގެ ބައްޕަގެ މަޤާމުގައި ހުރިނަމަ ، އޭނާގެ އަންހެނުން އެގޮތަށް އުޅެން ދޫކޮށްނުލާނެކަމުގައި ބުންޏެވެ. ދެބަފައިން ވާހަކައިގާ ތިބެ ކައިނިމިގެން އަމިއްލަޔަށް ތަށިތައް ނަގާ އެކަކު އަނެކަކަށް ސަލާމް ކޮށްލުމަށްފަހު ނިދީގެ އަރާމަށް އުއްމީދުކުރަމުން ކޮޓަރިއާ ދިމާއަށް ދިޔައެވެ.
------------------------
ކަޝަފް އުޅެނީ އޭނާގެ ގަޑީގެ ކަމަރު ހަލާކުވެގެން އެއަށް ހަދާނެގޮތެއް ނޭނގިގެންނެވެ. އަހަރެންނަކީ ވަރަށް ބަދުނަޞީބު މީހެކޭ ކަޝަފަށް ބުނެވެއެވެ. އަދި އެންމެ ބޭނުންވާ އެއްޗެއް ހަލާކުވާނެކަމަށް ބުންޏެވެ. އަނެއްކާ ކޮންއެއްޗެއް ޚަރާބުވީހޭ ޝެހްނީލާ އަހައިލުމުން އޭނާގެ ގަޑި ހަލާކުވީކަމުގައި ކަޝަފް ބުނެއެވެ. މަންމައަތަށް ދިނީމަހަދައިދީފާނޭ ޝެހްނީލާއަށް ބުނެވުމުން އެކަމާ ކަޝަފް ހިތްހަމައެއް ނުޖެހުނެވެ. އެކަން އޮއްބާލަންވެގެން ޝެހްނީލާއަށް ނޭނގިގެންއުޅޭ ސުއާލެއް ޙައްލުކޮށްދޭން ޝެހްނީލާ އެދެއެވެ. ކަޝަފް އޭނާގެ ކޮއްކޮ ދިއްކޮށްލި ފޮތަށް ބަލައިލުމަށްފަހު އެއީ ވަރަށް ފަސޭހައިން ޙައްލުކުރެވިދާނެ ސުއާލެއްކަމަށް ބުންޏެވެ. ކަޝަފަށް ކޮންމެ ކަމެއްވެސް ފަސޭހައިން ޙާއްލުކުރެވިދާނެކަމަށް ޝްހެނީލާ ބުނެއެވެ. ދިރިއުޅުމުގެ ކަންކަމަށް ޙައްލެއް ނުހޯދުނަސް ، ފޮތުގައި ހުންނަ ސުއާލަށް ކަޝަފަށް ޙައްލު ހޯދޭނެކަމަށް ކަޝަފް ބުންޏެވެ. ޝެހްނީލާގެ ފޮތް އަނބުރާ ދިނުމަށްފަހު އެކަމާބެހޭގޮތުން ވާޙަކަ ދައްކާލުމަށް ދެކުދިން އެނދުމަތީގައި ހަމަޖެހިލައިގެން ތިއްބެވެ.
------------------------
އަބްރާރުގެ ޔުނިވަރސިޓީ ކޮޓަރިޔަށް ޒަރޫން ދިޔަ ދުވަހެކެވެ. އެސައިންމެންޓްގެ ނަތީޖާ ބަލައެވެ. އަބްރާރު އޭރު ގެންދިޔައީ ކުދިން ހަދާފައިވާ އެސައިންމެންޓްތަކެއް ޗެކްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާބޮޑު ކަމަކަށް ނުހަދާ ، އެސައިންމެންޓްތައް މޭޒުމަތީ ބަހައްޓާފައި ކޮފީއެއް ހަދަން އަބުރާރު އެތަނުން ދުރަށް ޖެހިލައެވެ. އަބުރާރު އެނބުރި އައިއިރު ، ޒަރޫން އިނީ އެތަނުން އެސައިންމެންޓެއް ހިފައިގެން އެއަށް ބަލާށެވެ. އެތަން ފެނިފައި އޭނާހީކުރީ ޒަރޫންގެ އެސައިންމެންޓް ބަލައިލަނީ ކަމަށެވެ. އެކަމަކު ޒަރޫން އިނީ އެހެން ކުއްޖެއްގެ އެސައިންމެންޓެއް ނަގައިގެންކަން އަބުރާރަށް އެނގުނެވެ. އަދި އެއީ ކަޝަފް މުރުތަޟާގެ އެސައިންމެންޓް ކަމުގައި އަބްރާރު ބުނެއެވެ.
"ޒަރޫން އެވެ! ކަލޭ ބަލަންޖެހޭނީ ކަލޭގެ އަމިއްލަ އެސައިންމެންޓެވެ. ކަޝަފްގެ އެސައިންމެންޓެއް ނޫނެވެ. އަހަރެން ހުއްދަދިނީ ކަލޭގެ އެސައިންމެންޓް ގެންދާށެވެ." އަބްރާރު ބުންޏެވެ.
"ގޯސްކަމެއް ނުކުރަމެއް ނޫންހެއްޔެވެ؟ އަހަރެން މިބަލައިލީ ބޭބެ އޭނާއަށް އޭ ދިނީ ކޮން އެއްޗެއް އޭނާ ލިޔެފައި އޮވެގެންތޯއެވެ." ޒަރޫން ބުންޏެވެ. އަދި އޭނާއަށް މިފަހަރު އޭ ނުލިބުނީ ކީއްވެތޯ ޒަރޫން ސުއާލުކުރެއެވެ.
ކަޝަފް ގެ އެސައިމެންޓްގެ ފުރިހަމަކަމުގެ ވާހަކަ އަބްރާރު ބުނުމުން އެކަމާ ޒަރޫން ހިތްހަމައެއް ނުޖެހުނެވެ. އަދި އެވާހަކަ ބުނުމަށްވުރެ އޭނާގެ މެޔަށް ވަޅިއެއް ހަރާލުންވެސް މާ ރަނގަޅުކަމަށް ބުންޏެވެ. އަހަރެންނަށް މަތީ މާރކްސް އެއް ނުލިބޭކަމަށް ވަންޏާ ބޭބެ ދެކޭކަށް އަހަރެންނެއް ނާންނާނަމޭ ޒަރޫން ބުންޏެވެ. އެހެންކަމަށް ވަންޏާ އަހަރެންގެ މޫނު ދެކިލަން ޒަރޫނަށް ވަރަށް ގިނަދުވަސް ހޭދަވާނެކަމުގައި އަބްރާރު ބުނެއެވެ. ޒަރޫން ވީފޫހިން މޫނުކުނިކޮށްފައި ހުރެ ، އެސައިންމެންޓް ނަގައިގެން ހިނގައިގަތްތަނާ ، އޭނާ އެގެންދަނީ ކަޝަފްގެ އެސައިންމެންޓް ކަމަށާއި އެބާއްވާފައި ޒަރޫންގެ އެސައިންމެންޓް ގެންދިއުމަށް އަބްރާރު ބުނެއެވެ. އަދި ދޮރުން ނުކުމެފައި ރަނގަޅަށް ދޮރުލައްޕައިލުމަށް އަބްރާރު އެދުނެވެ. އެއީ މިދުވަސްކޮޅު ޑެންގޫ މަދިރިއުޅޭތީ ކަމަށްވެސް ބުނެ ޒަރޫން އާ ސަމާސާ ކޮށްލިއެވެ. އެ ޑެންގޫ މަދިރިޔަށްވެސް ބޭބެ ގްރޭޑް ދޭނަމެއްނޫންހޭ ބުނެ ތުން އޫކުރަމުން ޒަރޫން ނުކުމެއެވެ.
------------------------
ރޭގަނޑު ކެއުމުގެ ކަންތައްގަނޑު ނިންމައިލުމަށްފަހު ކަޝްފް އިނީ ފޮތްތައް ހިފައިގެން ކިޔަވާށެވެ. އެތައްއިރެއް ވީއިރުވެސް އޭނާގެ ކިޔެވުން ކުރިޔަށް ގެންދިޔައެވެ. މާގިނައިރުވާން ފެށީމަ ޞިދްރާ ސައިތަށްޓެއް ހިފައިގެން އައިސް ކަޝަފަށް ދިއްކޮށްލައެވެ. އޭރުވެސް ކަޝަފް އިނީ ރަނގަޅު މޫޑެއްގައި ނޫންކަން ޞިދްރާ އަށް ވިސްނުނެވެ. އަދި އަނެއްކާ ކޮންކަމެއް ލައިގަތީހޭ ބުނެ ޞިދްރާ ސުއާލުކުރިއެވެ.
"އެއްވެސްކަމެއް އަހަރެންނަށް ރަނގަޅަކަށް ނުކުރެވޭނެއެވެ." ކަޝަފް ބުންޏެވެ.
ކޮންކަމެއްވީތޯ އަނެއްކާވެސް ޝިދްރާ ސުއާލުކުރެއެވެ. އެސައިންމެންޓުން ސީ އެއް ލިބުނީ ހެއްޔެވެ؟ އެސުއާލަށް ކަޝަފް ނޫނެކޭ އަބްރާރު ސާރ ، ކަޝަފްގެ ޕޭޕަރ އަނބުރާ ދެއްވީއޭ ބުންޏެވެ. އަދި އޭ އެއްލިބުނުވާހަކަ ބުންޏެވެ. އޭނާ ހިތްހަމަނުޖެހިގެން އުޅެނީ އޭ ޕްލަސް އެއް ނުލިބިގެންނެވެ. ކަޝަފަށް އޭ ޕްލަސް އެއް ނުލިބޭންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ފަހަރެއްގައި ތަންކޮޅެއް ފަރުވާ ކުޑަކުރެވުނީ ކަންނޭނެގެއެވެ. ކަޝަފްގެ ސިކުނޑި ހަމަޖައްސާލަން ޑިސްޕްރިން ގުޅައެއް ގެންނަންވީތޯ ޞިދްރާ ސުއާލު ކޮށް ދައްތައާ ސަމާސާ ކޮށްލައެވެ. ސައިތަށްޓަކުން ރަނގަޅުވެދާނެކަމަށް ބުނެ ކަޝަފް އޭނާގެ ކޮއްކޮއާ ދިމާއަށް ހީލައެވެ.
------------------------
ޖުނައިދުގެ ދެމަފިރިން އަސްމަރާމެންގެޔަށް ގޮސް އަސްމަރާގެ މަންމައާއި ބައްޕަޔާ ބައްދަލުކުރެއެވެ. ޖުނައިދާއި އަސްމަރާގެ ބައްޕަ ވާހަކަ ދައްކަމުން ގެންދިޔައީ ސްޓޮކް މާރކެޓާއި ވިޔަފާރިއަށް އަންނަ ގޮންޖެހުމާއި ލޮޅުންތަކާ ބެހޭގޮތުންނެވެ. އެންމެފަހުން އަސްމަރާގެ މަންމަ ސަމްރާއަކަށް ނީނދެވުނެވެ. ވިޔަފާރިއާއި އިޤްތިޞާދުގެ ވާހަކަ އިހަށް ބާއްވާފައި ޢާއިލީ ވާހަކައަށް ފުރުޞަތު ދެމާ ހެއްޔެވެ؟ ޣަޒާލާގެ މަސައްކަތުން އެމީހުންގެ ވާހަކަ ހުއްޓުވައިލަ ދިނީތީ ސަމްރާއަށް ޝުކުރު އަދާކުރިއެވެ. އަސްމަރާގެ ބައްޕަ ބްރަޔަންއާއެކު ދާ ކޮންމެ ތާކުވެސް ވިޔަފާރިނޫންވާހަކައެއް ނުދައްކާކަމަށް ސަމްރާ ބުންޏެވެ. އެއަށްވުރެ ޝަޢުޤުހުރި ވާހަކައެއް ހޯދާނީ ކޮންތާކުން ހެއްޔޭ ބުނެ ބްރަޔަން އޭނާގެ އަންހެނުންނަށް ޖަވާބު ދެއެވެ. ސަމްރާގެ އެއަށްވުރެ މުހިންމު ވާހަކަތަކެއް އެބަހުރިކަމަށް ބުނެއެވެ. އަދި އެވާހަކަތައް ދައްކަން ފުރުޞަތުދީ އެމީހުން އަނގަހިމޭނުން ލައިގެން ތިބޭނެކަމަށް ބުންޏެވެ.
(ނުނިމޭ)
Vvvvvv.reethi