އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ފޮޓޯ: އެމްއެންޑީއެފް

އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑިއެފް އިން ބުނީ މި އުޅަނދު އޮޔާދަނީ ބ. ތުޅާދޫގެ ހުޅަނގު އުތުުރުން 7.7 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރުދެކުނަށް ކަމަށާއި އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ވަނީ އެދިފަ އެވެ.

ޚާއްސަކޮށް ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް ވަނީ ދަންނަވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.