ލަންކާގެ މަސްބޯޓުތަކެއް ރާއްޖޭ ސަރަޙައްދުން އަތުލައިގެންފި

މީގެ ކުރިން ރާއްޖޭގެ ސަރަހައްދުން އަތުލައިގެންފައިވާ ލަންކާގެ 4 މަސްބޯޓު ހުޅުމާލެ ފަޅުގައި

ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރަން އުޅުނު ސްރީލަންކާގެ 7 މަސް ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެ ބޯޓުތައް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލޭގެ އިރުން 170 މޭލު ބޭރުން ކަމަށެވެ. އެބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށް ވެސް ޢާޒިމް ވިދާޅިވިއެވެ. މިބޯޓުތައް އަތުކައިގެންއިރު އޭގެ ތެރެއިން ދެ ބޯޓެއް އޮތީ ދައު އަޅައިގެން މަސްވެރިކަން ކުރަން ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

މި ބޯޓުތައް ފެނިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ މަސްދޯނެއް ކަމަށްވާ އަސްރުމާ-3 އެވެ. މި ބޯޓުތައް މޭލެ ގެންނަނީ ކޯސްޓްގާޑު ޝިޕް ޝަހީދު އަލީގެ ބެލުމުގެ ދަށުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.