ޑެންގީ ހުން ޖެހިގެން ފަރުވާދެމުން ދިޔަ އަށް އަހަރުގެ ކުއްޖެއް ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ފަރުވާދެމުން ދިޔަ އަށް އަހަރުގެ ކުއްޖެއް ނިޔާވެއްޖެ އެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިއީ މި ފަހުން ޑެންގީ ހުން ޖެހިގެން ނިޔާވި ދެ ވަނަ ކުއްޖާ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައި ވަނީ ޑެންގީގައި ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށެވެ.

ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.