މެޝިންތައް މަރާމާތު ކުރުމަށް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް މެދުކަނޑާލައިފި

ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: އާފަތިސް

ސީޓީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތްތަކެއް ކުރުމަށް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ މެޝިންތަކުގެ މެއިންޓެއިނަންސް މަސައްކަތަށް ހަފުތާއެއް ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މަސައްކަތް ނިމުނުހާ އަވަހަކަށް ޚިދުމަތް އަލުން ފަށާނެ ކަމަށެވެ.

އެމަރޖެންސީކޮށް ކުރަންޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.