އެމްއެންޕީގެ ސަރުކާރެއްގައި ވަކި ގައުމަކަށް ބަރޯސާ ނުވާނެ: ނާޒިމް

ފޮޓޯ: އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ވަކި ގައުމަކަށް ބަރޯސާ ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީގެ ޚާރިޖީ ސިޔާސަތަކަށް ގެންގުޅޭނީ 'މޯލްޑިވްސް ފަސްޓް' ކަމަށެވެ.

އެ ޕާޓީން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގެންގުޅޭ އަމާޒުތަކާއި ލަނޑުދަނޑިތަކުގެ މައްޗަށް އަލިއަޅުވާލައިވާ ނާޒިމް ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންގެ މަޝްވަރާ ހޯދާނެ ކަމަށާއި ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަތޮޅުތެރެއަށް އާމްދަނީ ހޯދޭނެ ގޮތްތައް އިތުރުކުރާނެ ކަމަށާއި މާލެއާ އެއްވަރަށް އަތޮޅު ތެރެ ތަރައްގީކޮށް، ހަމަހަމަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދީ، މަސްތުވާތަކެތީގެ މައްސަލަތަކާއި އެހެނިހެން އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބަށް އެމްއެންޕީން ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީން ދަނީ ތައްޔާރުވަމުން ނެވެ. މިހާތަނަށް ކެންޑިޑޭޓަކު ކަނޑައަޅާފައި ނުވި ނަމަވެސް، ނާޒިމް ވަނީ އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ  އެވެ. ޕާޓީގެ ރިޔާސީ ޓިކެޓު ދޭނެ މީހަކު ނިންމާނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.

2 ޚިޔާލު

  1. މިލަކުންމަގޭމިތުރާ ފިލަވާ ޅެންބަހުން ބުނަންހޭ، ކިލަނބު ނަގާ މަތިންދޮރު ބިލަކަޅު ކަނޑުމަސް ފުމޭތީ އޭ' ނަނާ ހުވަފެން ދުށީމޭ' ހޭލާހުރެ ފެންނަނީ....ސިޔާސީ ޖަރާސީމު ބޮލަށް ވަނީމަ ވާ ގޮތް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.