އޮޅުވެެލިފުށީގައި 28 އަހަރު ބޭނުންކުރި އިންޖީނުގެއަށް ނިމުން ގެނެސް، އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފި

‏ޅ. އޮޅުވެެލިފުށީގައި 28 އަހަރު ބޭނުންކުރި އިންޖީނުގެއަށް ނިމުން ގެނެސްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާފައިވާ ކަމަށެވެ. އަދި އައު އިންޖީނުގެއިން އެރަށު ރައްޔިތުންނަށް ކަރަންޓު ދޭން ފަށާފައިވަނީ އިއްޔެ ކަމަށެވެ.

މާލެ އާ ގާތްގަޑަކަށް 122 ކިލޯމީޓަރު ދުރުގައި އޮންނަ އޮޅުވެލިފުށީގެ އާބާދީ އަކީ ގާތްގަޑަކަށް 521 މީހުން ނެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ ރަށްތަކުގައި ހުރި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން މުޅި އައު އިންޖީނުގެތައް އަޅައި، ރަށްރަށުގައި ޒަމާނީ ޔުޓިލިޓީ ޚިދުމަތްތައް ގާއިމްކުރަމުންނެވެ.

ޅ. އޮޅުވެލި ފުށީގައި ކުރިން ބޭނުންކުރި އިންޖީނުގެ އާއި އައު އިންޖީނުގެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.