ވިލިގިލީ އިންޖީނުގޭގެ ބިންގާ ރައީސް ނަޝީދު އަޅުއްވައި ދެއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ ވިލިގިލީގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު މިއަދު އަޅުއްވައި ދެއްވައިފިއެވެ.

ވިލިގިލީ އިންޖީނުގޭގެ ބިންގާ އެޅުއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއީ ފެނަކައިން ޚަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގެއެކެވެ. ފެނަކައިން ވަނީ މިއަހަރު މުޅިން އަލަށް 30 އިންޖީނުގެ އެޅުމަށް އަމާޒު ހިފައިފައެވެ. އެގޮތުން މީގެ ކުރިންވެސް އެކުންފުނިން ވަނީ ބައެއް ރަށްރަށުގެ އިންޖީނުގެތަކުގައި ބިންގާ އަޅައިފައެވެ.

ފެނަކައިން ގެންދަވަނީ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ ތަފާތު އެކިރަށްރަށަށް 53 ޖަނަރޭޓަރު ފޯރުކޮށްދީފައެވެ. އެއީ 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކަމަށް އެކުންފުނިން ކުރިންވަނީ ހާމަކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.