އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާ ހަވާލުކޮށްފި

އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާ ހަވާލުކޮށްފިއެވެ.

މިއީ އެރަށު ރައްޔިތުން 24 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެއެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

މިގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އައު ޖެނެރޭޓަރެއް އެރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

މިއީ ރައްޔިތުން ޚިދުމަތްދެމުން އައި އެންމެ ފަހު ރަށުގެ އިންޖީނުގެއެވެ.

އިންޖީނުގެ ޙަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.