ކ. ގުރައިދޫ އަކީ ޕޮޓެންޝަލް ހުރި ރަނގަޅު ސިޔާސީ މަސައްކަތް ކުރެވޭނެ ރަށެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެ ޕާޓީގެ ސްޕޯކްސްޕާރސަން ޝިދާތާ ޝަރީފް ވިދާޅުވީ ކުދިބޮޑު ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް އުޖާލާ މާދަމާއަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ތަން ކަމަށެވެ. އަދި އެޕާޓީއާއެކު ގުރައިދޫ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާ ތަން ދެކެން ބޭނުވެފައި ތިބިތަން ފެނިވަޑައިގެންނެވި ކަމަށެވެ.
މިއީ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭވިފައި އޮތް ގިނަ ދަތުރުތަކެއްގެ އުޖާލާ ފެށުމެއް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
ރަށުގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް ކުރި މި ދަތުރުގައި އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމާއި ޕާޓީގެ ނައިބު ރައީސް (ސެންޓްރަލް ރީޖަން) މިރްފަތު އިސްމާއީލް ޝަފީގް އާއި ޝިދާތާ ޝަރީފް އަދި ޕާޓީގެ ލީޑަރޝިޕްގެ އެހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑަިއގަތެވެ.