ވިޔަވަތި ކޮންފަރެންސްގެ ސިލްސިލާއަށް އިތުރުބޮޅެއް – މިފަހަރު ހައްދުންމަތީގަ

ވިޔަވަތި ކޮންފަރެންސް ސިލްސިލާގެ އިތުރު ބައްދަލުވުންތަކެއް މި ސެޕްޓެމްބަރ މަހު ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ ސެޕްޓެންބަރު 10 ން 12 އަށް ކަމަށެވެ.

މިއީ އަލަށް އިންތިޚާބުކުރި ކައުންސިލްތަކާއި އ.ތ.މ ކޮމިޓީތަކާއެކު ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.

އެގޮތުން މި ސިލްސިލާގެ ދެވަނަ ކޮންފަރެންސް ނުވަތަ ބައްދަލުވުން ބައިވެރިވާނީ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނެވެ.

މީގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިން މިފަހަރުގެ ވިއަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެކަމުގައި ރައީސް އޮފީހުން ވިދާޅުވެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން، ބިނާވެށި ޕްލޭން އެކުލަވާލުން، މިންތީގެ ހަމަހަމަކަން އަދި ވިލުންވެރި މުޖްތަމައުއެއް ބިނާކުރުމަށެވެ.

މިފަހަރުގެ ކޮންފަރެންސްގައި ވެސް ބައިވެރިންނާއެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ނިންމާފައިއެވެ. އެގޮތުން މި ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.