ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސާލިހު އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންނަމަހު އިންޑިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ރައީސް ސާލިހު އިންޑިއާ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފްތާތެރޭގައި ކަމަށެވެ. އަދި މިއީ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންނަމަވެސް މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ރައީސް ސޯލިހު އެންމެފަހުން ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ނުރަސްމީ ދަތުރުފުޅެއްގައި 2019 ވަނަ އަހަރު ރައީސް ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.