ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤުތިޞޯދު މިއިން ދުވަހަކު ނުދާހާ ދަށަށްދިޔަ: ރައީސުލްޖުމްހޫރިއްޔާ

ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިޤުތިޞޯދު މިއިން ދުވަހަކު ނުދާހާ ދަށަށްދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ގައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅު ތަކުގެ ސަބަބުން މިއަހަރު ނިމޭއިރު، 2019 ގައި ހުރި މިންވަރަށް (އިރާދަކުރެއްވިއްޔާ) ރާއްޖޭގެ އިޤްތިޞޯދު ގެންދެވޭނެ ކަމަށެވެ.

އެހެންނަމަވެސް މި ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ޒަރޫރީ މުދަލާ ޚިދުމަތުގެ އަގަށް ލޮޅުންގެނުވާފަދަ ނާދިރު ހަނގުރާމައިގެ ޙާލަތަކަށް ދުނިޔެ ފެތިފައިވާ ކަމަށެވެ.

"ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިޤުތިޞޯދަށް ދަނީ ލޮޅުން އަރަމުން. އަޅުގަނޑުމެންނާ މާ ދުރުގާ ހިނގަމުންއެދާ ހަނގުރާމައާއެކު މިއަދު އަޅުގަނޑުމެން އަނެއްކާވެސް މިތިބީ މިދެންނެވި ނުއަތު އޮއިވަރުގެ މެދުގަ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިހަނގުރާމައިގެ ސަބަބުން ހުރިހާ ޤައުމަކަށް އޮތް ގޮންޖެހުންތަށް އަޅުގަނޑުމެންނާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅު ތަކުގެ ހެޔޮ އަސަރާއި މިހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.