ކުރިމަތިވަމުންދާ މާލީ ހާލަތާއިއެކު ސަރުކާރުން ލޯނު ނަގައިގެން އައު އެއްވެސް މަޝްރޫޢެއް ނުހިންގުމަށް ސަރުކާރުން ނިންމައިފި

ފޮޓޯ: ރައީސް އޮފީސް

ކުރިމަތިވަމުންދާ މާލީ ހާލަތާއިއެކު ސަރުކާރުން ލޯނު ނަގައިގެން އައު އެއްވެސް މަޝްރޫޢެއް ނުހިންގުމަށް ސަރުކާރުން ނިންމައިފިއެވެ.

އެކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހާރުކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރާއްޖޭގެ އިޢްތިޞާދީ ހާލަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަންކަމުން އަރައިގަނެ ރައްޔިތުންނަށް ދަތި ނުވާނެގޮތަކަށް ކަންކަން ކުރުމަށްޓަކައި ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

" ދުނިޔޭގެ އިޢްތިޞާދަށް މިއަދު ކުރިމަތިވެފައިވާ ދަތި އުދަގޫ އަސަރު ރާއްޖެއަށް ކުރާނެކަން އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް. 2021 ގައި ހުރަސްކުރީ އިޤްތިޞާދީ ދަތިކަމުގައި، ކޯވިޑާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނު. ރާއްޖެއަށް ބޮޑު އަސަރެއްކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ މުޅި ޖީޑީޕީގެ 70 ބިލިޔަން ރުފިޔާ ދަށްވި ކަމަށާއި ދައުލަތަށް ވަންނަންޖެހޭ 35 ބިލިޔަން ނުވަދެ ދިޔަ ކަމަށެވެ. އަދި މިދަތި ހާލަތުގައި ރައްޔިތުންނަށް ޚިދުމަތްދީ އަސާސީ ކަންކަން ކުރަމުންދިޔައީ، ލޯނު ނަގައިގެން ކަންކަން ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.