ޑެމްބްލޭ ބާސެލޯނާއަށް އަނެއްކާވެސް ސޮއިކުރަން ނިންމައިފި

އޫޒްމާން ޑެމްބެލޭ ބާސެލޯނާއަށް އަނބުރާ ސޮއިކުރަން ނިންމައިފިއެވެ.

މިދިޔަ ސީޒަން ނިމުމާއެކު ޑެމްބެލޭގެ މުސާރާއިގެ މަޝްވަރާކުރުމުގެ ތެރޭގާއި އުފެދުނު ދެބަސްވުމެއްގެ ސަބަބުން ޑެމްބެލޭ ހުރީ ކޮންޓްރެކްޓް އާނުކޮށެވެ. އެހެންވުމުން ޖުލައި 1 އިން ފެށިގެން އޭނާ ހުރީ ހިލޭ ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް ބާސެލޯނާގެ ކޯޗް ޒަވީ އަދި ޓެކްނިކަލް ޑައިރެކްޓަރ ޖޯޑީ ކްރައިފް ބޭނުންވީ ޑެެމްބެލޭ ބާސާގެ ކުޅުންތެރިޔަކަށް ހަދާށެވެ. އެހެންވީމާ އެންމެ ފަހުން ބާސެލޯނާއާއި ޑެމްބެލޭގެ އޭޖެންޓް 2 އަހަރުގެ ކޮންޓްރެކްޓްއަކަށް ސޮއި ކުރަން އެއްބަސްވީއެވެ.

ޑެެމްބެލޭ ބާސާގާއި މަޑުކުރުމުން ޒަވީ ބޭނުންވާ އެޓޭކަރުންގެ ތެރެއިން އެކަކު އެ ލިބުނީއެވެ. ޒަވީ ދެން ބޭނުންވާ 2 ކުޅުންތެރިންނަކީ ބަޔަރން މިޔުނިކްގެ ލެވަންޑައުސްކީ އާއި ލީޑްސް ޔުނައިޓެެޑްގެ ރަފީނިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.