ބަލިނުވުމުގެ ރިކޯޑް ބާސެލޯނާއިން ދަމަހައްޓައިފި

ރޭ ކުޅުނު ސްޕެނިޝް ލަލީގާގެ އެލްކްލެސިކޯ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. އެ މެޗުގައި ބައްދަލުކުރީ ރެއާމެޑުރިޑާއި، ބާސެލޯނާއެވެ.

އެމެޗު އެއްވަރުވީ 2-2 ލަނޑުންނެވެ. މިނަތީޖާއާއެކު ބާސެލޯނާއިންވަނީ ލަލީގާގައި ބަލިނުވު ކުރިއަށް ގެންދާ ސިލްސިލާއަށް ބޮޅެއް އިތުރު ކޮށްފައެވެ.

މެޗު ފެށިގެން 10 ވަނަ މިނިޓުގައި ލީޑުނަގައިފައިވަނީ ބާސެލޯނާގެ ލުއިސް ސުއަރޭޒްއެވެ. އޭނާގެ ލަނޑުން ބާސެލޯނާ ކުރީގައި އޮއްވައި ރެއާލްމެޑުރިޑުގެ އިތުބާރު ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ  14 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިނަތީޖާއާ އެކު ފުރަތަމަ ހާފު ނިމެންދަނިކޮށް ބާސެލޯނާގެ ސާޖިއޯ ރޮބާޓޯ އަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑު ފޮނުވާލައިފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރެއާލްގެ މާސެލޯއަށް ފައުލް ކުރުމުންނެވެ.

އެހެން ކަމުން ދެވަނަ ހާފު ބާސޭލޯނާއިން ފެށީވެސް އެއްކުޅުންތެރިއަކު މަދުކޮށެވެ. އެހެންނަމަވެސް އެޓީމުގެ ހަލުއި ފޯވާޑު ލިއޮނަލް މެސީ ވަނީ މެޗުގެ 53 ވަނަ މިނިޓުގައި ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ. އެ ލަނޑުޖެހިތާ މާގިނަ އިރެއް ނުވަނީ ރެއާލްގެ ގެރެތު ބޭލް ވަނީ ނަތީޖާ އަނެއްކާވެސް އެއްވަރުކޮށްފައެވެ.

މި ނަތީޖާއާއެކު ބާސެލޯނާވަނީ 87 ޕޮއިންޓު ހޯދައި ލީގުގެ އެއްވަނަ މަގާމުގައެވެ. 75 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. 72 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ރެއާލް މެޑުރިޑެވެ.

ސްޕެނިޝް ލަލީގާގައި 1932 ވަނަ އަހަރުން ފެށިގެން މުޅި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވުމުގެ ރެކޯޑް ހާދާ ފުރަތަމަ ޓިމަށް ބާސެލޯނާ ވުމަށް ދެން އޮތީ އެންމެ 3 މެޗެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.