ވިލަރެއާލް އަތުން ބާސެލޯނާއަށް ބޮޑު މޮޅެއް

ކޭމްޕް ނޫ ގައި ރޭ ކުރިޔަށް ދިޔަ ލަލީގާގެ މެޗުގައި ވިލަރޭއާލް އާއި ބައްދަލުކޮށް 1-5 ގެ ނަތީޖާ އަކުން ބާސެލޯނާ ކާމިޔާބު ކޮށްފިއެއެވެ.

މެޗުގެ ފުރަތަމަ 16 މިނިޓުގެ ތެރޭގައި ބާސެލޯނާގެ ފިލިޕް ކޯޓިނޯ އާއި ޕައުލީނޯ، ވަނީ ދެ ލަނޑު ޖަހައި މެޗުން ކުރިހޯދައިފައެވެ.

ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 45 ވަނަ މިނިޓުގައި، އެޓީމުގެ ހުނަރުވެރި ފޯވާޑު ލިއޮނެލް މެސީ އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު އެންޑްރޭސް އިނިއެސްތާ ދިން ބޯޅައަކުން އޭނާޖެހި ލަނޑެކެވެ. އެޓީމުގެ ފަހު ދެގޯލު ކާމިޔާބުކޮށްދިނީ އޮސްމާން ޑެންބެލް އެވެ. އެ ދެގޯލް ޖަހަންވެސް އޭނާއަށް އެހީތެރިވެދިނީ އިނިއެސްތާއެވެ.

މިމެޗުގައި ވިލަރެއާލް އިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 54 ވަނަ މިނިޓުގައި އެޓީމުގެ ނިކޮލާ ސެންސޯން އެ މީހުންގެ ހަމައެކަނި ލަނޑު ޖެހުމެވެ.

މިއީ މިސީޒަންގައި ބާސެލޯނާ ކާމިޔާބުކުރި 27 ވަނަ މެޗެވެ.

މީގެ އިތުރުން މެޗު ނިމުމަށް ފަހު ވިލަރެއާލް އިންވަނީ ބާސެލޯނާއަށް ގާޑް އޮފް އޮނާއެއްވެސް އަރުވާފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.