މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޓްރާންސްފޯމާ އަޕްގްރޭޑިންގެ މަސައްކަތަކަށް މިއަދު މެންދުރުފަހު 1:00 އިން 3:45 އާ ދޭތެރޭ މާލޭގެ ބައެއް ހިސާބުތަކުން 45 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ބުނެފައިވަނީ މާފަންނުގެ އިއްޒުއްދީން މަގާއި، މަޖީދީމަގު، މުނިޔަމަގު، ހަނދުވަރީ ހިނގުން، ޝަހީދު އަލީ ހިންގުމާއި، ފުލޫނިޔާ މަގުގެ އިތުރުން ހަވީރީ ހިނގުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އާންމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.

މިމަހު 24 ވަނަ ދުވަހު ވެސް ސްޓެލްކޯއިން ވަނީ ހެނދުނު 6:30 އާއި 7:30 އާ ދޭތެރޭ މަސައްކަތްތައް ކުރުމަށް، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކަނޑާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.